ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1442 ވަނަ އަހަރު ފިޠުރު ޒަކާތް ބެހުމަށްޓަކައި ފަޤީރުންގެ ދަފްތަރު އެކުލަވާލުން

                      1442 ވަނަ އަހަރުގެ ފިޠުރުޒަކާތް ބެހުމަށްޓަކައި މުޅި ރާއްޖޭގެ ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާލުމުގެ އެންމެހައި މަސައްކަތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ދަނީ ކުރައްވަމުންނެވެ. މިގޮތުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު 21 ފެބްރުއަރީ 2021 އިން 21 މާރޗް 2021 ވަނަ ދުވަހު 13:00ގެ ނިޔަލަށް އެ މިނިސްޓްރީ އިން ވަނީ ހުޅުވާލާފައެވެ.

                      ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމް މިއަދުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 13:00އަށް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާއެވެ. މި ފޯމް ބަލައިގަންނަން ހަމަޖެހިފައިވަނީ 21 ފެބްރުއަރީ 2021 އިން 21 މާރޗް 2021 ވަނަ ދުވަހު 13:00ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 13:00އާއި ހަމައަށެވެ.

                      ވީމާ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދިލައްވާ ފަރާތްތަކުން މިދެންނެވި މުއްދަތުގެ ތެރޭގައި މިއިދާރާއަށް ފޯމް ހަށަހެޅުއްވުން އެދެމެވެ.

16 ފެބުރުވަރީ 2021
ހޯދާ