ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ (ޖުޑީޝަލް އެކަޑަމީ)

ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/2021/40

ތާރީޚް: 15 ފެބްރުވަރީ 2021

މަޤާމު

ޑިރެކްޓަރ އޮފް ޖުޑީޝަލް އެކަޑަމީ

ރޭންކް: އީ.އެކްސް 5

ކްލެސިފިކޭޝަން

ޑިރެކްޓަރ ޖެނެރަލް

ޢަދަދު

1

ސެކްޝަން: ޖުޑިޝަލް އެކަޑިމީ

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން / ޖުޑީޝަލް އެކަޑަމީ  

އަސާސީ މުސާރަ

 -/13,890 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

-          ޖުޑީޝަލް އެލަވަންސް: -/6,945 ރުފިޔާ (އަސާސީ މުސާރައިގެ %50)

-          ސަރވިސް އެލަވަންސް: -/2,000 ރުފިޔާ

-          ލިވިންގ އެލަވަންސް:  -/3,000 ރުފިޔާ

-          ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ

-          ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

1-   މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ މަސައްކަތާއި ގުޅޭ ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

2-   މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ވަޒީފާ ހަމަޖެހޭ އިދާރާގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  • ޝަރުޢީ ދާއިރާގެ  ކޮންޓިނިއުއިންގ ޖުޑީޝަލް އެޑިޔުކޭޝަންގެ ސިޔާސަތުތައް ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ޖުޑީޝަލް އެކަޑަމީގެ އެޑްވައިޒަރީ ބޯޑުގެ ލަފަޔާއި، މަޝްވަރާގެ މަތިން ކުރުން.
  • ޝަރުއީ ކޯޓުތަކާއި، އިދާރާތަކުގެ ފަނޑިޔާރުންނާއި، މުވައްޒަފުންގެ ހުނަރުވެރިކަމާއި، ޤާބިލުކަން  އިތުރުކުރުވުމަށް ބޭނުންވާ ދިގު ރާސްތާ އަދި ކުރު ރާސްތާ ތަމްރީން ޕްރޮގްރާމްތައް ދަނެގަނެ، އެފަދަ ޕްރޮގްރާމްތައް އަހަރު ތެރޭގައި ރާވާ ހިންގާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައި، ތަންފީޛުކުރުން.
  • ޖުޑީޝަލް އެކަޑަމީއިން ކުރިއަށް ގެންދާ ޕްރޮގްރާމްތަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފެސިލިޓޭޓަރުންގެ ޕޫލްއެއް އެކުލަވާލައި، އެފަދަ ފަރާތްތަކުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ ގޮތަކަށް އެކަށަ އަޅަންޖެހޭ އުޞޫލުތައް އެކުލަވާލުން.
  • ޝަރުޢީ ދާއިރާއަށް އެކިއެކި ފަރާތްތަކުގެ ހިލޭގެ އެހީގެ ދަށުންނާއި، އަދި އެނޫން ގޮތްގޮތަށް ލިބޭ ތަމްރީން ޕްރޮގްރާމްތަކަށް މީހުން ފޮނުވުމުގައި އަމަލުކުރާނެ އުޞޫލުތައް އެކުލަވާލުން.
  • ޖުޑީޝަލް އެކަޑަމީއިން ހިންގޭ އެކި އެކި ޕްރޮގްރާމްތަކުގެ ކޮންޓެންޓް ފައިނަލްކުރުމާއި، އެޕްރޮގްރާމްތަކުގެ އެސެސްމންޓް ހެދުމާއި، ޖުމްލަ ގޮތެއްގައި އެކަޑަމީއިން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ފެންވަރު މަތިކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން. 
  • ޖުޑީޝަލް އެކަޑަމީގައި އީ-ލައިބްރަރީއެއް ޤާޢިމުކުރުމަށް ބޭނުންވާ އެންމެހާ ވާޞީލަތްތައް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި، ލައިބްރަރީގެ ޚިދުމަތް ހޯދުމުގައި އަމަލުކުރާނެ އުޞޫލުތަކެއް އެކަށައަޅައި، ދާއިރާގެ ތެރޭގައި ނޮލެޖް ޝެއަރކުރެވޭނެ ނިޒާމެއް އެކަށައެޅުން.
  • ޒަމާނީ ޓެކްނޮލަޖީގެ އެހީގައި، ޚަރަދުކުޑަ ސިޔާސަތުތައް ބޭނުންކޮށްގެން ދާއިރާގެ ފަނޑިޔާރުންނާއި، މުވައްޒަފުން ތަމްރީން ކުރުމަށްޓަކައި، ޤާއިމުކުރަންޖެހޭ ވަޞީލަތްތައް ޖުޑީޝަލް އެކަޑަމީގައި ޤާޢިމުކުރުމުގެ މަސައްކަތް ކުރުން.
  • ޝަރުޢީ ނިޒާމް ހަރުދަނާކޮށް ތަރައްޤީކުރުމަށް ހަދަންޖެހޭ އެކިއެކި ދިރާސާތައްކޮށް ޝާއިޢު ކުރުމުގެ މަސައްކަތްތައް ކުރުވުން.
  • ޖުޑީޝަލް އެކަޑަމީގެ މަސައްކަތާއި ގުޅިގެން ހަދަންޖެހޭ އެމްއޯޔޫތަކާއި އެގްރީމަންޓްތަކާއި ބޭރުގެ އެހީ ހޯދުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުވުން.
  • ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް އިންހައުސްކޮށް ބޭނުންވާ ޓްރެއިނިންތަކުގެ ކަރިކިއުލަމް ތައްޔާރުކުރުމުގައި ބޭނުންވާ ލަފާ ދިނުމާއި، އަދި މިފަދަ ޓްރެއިނިންގ ތަކުގެ ފެސިލިޓޭޓަރެއްގެ ގޮތުން މަސައްކަތް ކުރަންޖެހިއްޖެ ޙާލަތެއްގައި މަސައްކަތް ކުރުން.
  • ޖުޑީޝަލް އެކަޑަމީގެ ޢާންމު އިދާރީ އިންތިޒާމްތއް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތިން ހިންގާ ބެލެހެއްޓުން.

ތަޢުލީމީ ރޮނގު

މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓް، ސޯޝަލް ސައިންސް

ތަޢުލީމީ ދާއިރާ

އެޑިއުކޭޝަނަލް މެނޭޖްމަންޓް، ކަރކިއުލަމް ޑިވެލޮޕްމަންޓް، ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން،ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓް، ސޯޝަލް ސައިންސް ނުވަތަ ޑިވެލޮޕްމަންޓް ސައިންސް.

ހުށަހަޅަންޖެހޭ ތަކެތި

 

 

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަމްޖެހޭ މަޢުލޫމާތު ސްލިޕް.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ޖީސީއީ އޯލެވެލް އަދި އޭލެވަލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  6. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  7. ކުރު މުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  9. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  10. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި

2021 ފެބުރުވަރީ 24 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި،އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ·         މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340858
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވާނީ މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތަޢުލީމާއި، ތަމްރީނާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއުއާއި، ދެވޭ ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް ޓެސްޓަށް ރިއާޔަތްކުރެވިގެންނެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:  

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް

5%

މަސައްކަތު ތަޖުރިބާ

15%

ޕްރެކްޓިކަލް ޓެސްޓް

20%

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

30%

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ލީޑަރޝިޕްގެ ހުނަރު ދައްކުވައިދީފައިވާ، އަދި ޓީމެއް ގޮވައިގެން މަސައްކަތްކޮށް، ނަތީޖާ ނެރުމުގެ ޤާބިލުކަން ހުރި ފަރާތަކަށްވުން.
  • ތަފާތު ސްޓޭކް ހޯލްޑަރުންނާއެކު މަސައްކަތް ކުރެވޭނެ، ބިނާކުރަނިވި ޚިޔާލާއި، ފާޑުކިޔުންތައް ބަލައިގަނެ މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
  • ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ޝަރުޢީ ދާއިރާ ތަމްޞީލްކުރެވޭފަދަ ފަރާތެއްކަމުގައިވުން.
  • އިނގިރޭސި ބާހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • ޒަމާނީ ޓެކްނޮލަޖީއަށް އަހުލުވެރި، ޒަމާނީ ގޮތަކަށް ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން މުވައްޒަފުން ބިނާކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
15 ފެބުރުވަރީ 2021
ހޯދާ