މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫ އިން ދޫކުރުމަށް ހަމަޖެހިފައިވާ ބަންޑާރަ ގޯތިތަކަށް އެދި ހުށައަޅާފައިވާ ފަރާތްތަކަށް ޕޮއިންޓްދީ ފައިނަލް ލިސްޓް ޢާންމުކުރުން

ނ.ކެނދިކުޅުދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ ބަންޑާރަ ގޯތިތަކަށް ކުރިމަތިލާފައިވާ ފަރާތުގެ ފޯރމްތަކަށް ޕޮއިންޓްދީ އެފަރާތްތަކުގެ ޕޮއިންޓްތަކުގެ ފައިނަލް ޝީޓް މިޢިއުލާނާއެކު ޢާންމުކުރަމެވެ. މި ޕޮއިންޓް ޝީޓަށް ޝަކުވާ ހުށައެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން 16 ފެބްރުއަރީ 2021 އުން ފެށިގެން 22 ފެބްރުއަރީ 2021 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ޝަކުވާ ފޯރމް ހުށައެޅުއްވުމަށް ދަންނަވަމެވެ. ޝަކުވާ ހުށައަޅާ ފޯރމް، ރަސްމީ ގަޑީގައި މިކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން އޮންލައިންކޮށް މި ފޯރމް ބޭނުން ފުޅުވާ ފަރާތްތަކަށް ތިރީގައި މިވާ ލިންކުން ޝަކުވާ ހުށައަޅާ ފޯރމް ލިބޭނެއެވެ. އެއްވެސް ފަރާތެއްގެ ޕޮއިންޓް ދީފައިވާ ގޮތާއިމެދު އެއްވެސް ޝަކުވާއެއްވާނަމަ މި ފޯރމް ފުރިހަމަކުރުމަށްފަހު މިކައުންސިލަށް ހުށައެޅުމަށް ދަންނަވަމެވެ.

ޝަކުވާ ހުށައެޅުމުގެ މުއްދަތު ނިމުމުން ގެވަޅު ލިބޭ ފަރާތްތަކުގެ ލިސްޓް އިޢުލާންކޮށް ގެޒެޓްގައި ޝާއިޢުކުރެވޭނެއެވެ. އަދި ގެވަޅުދޭ ސަރަހައްދުތައް ފާހަގަކޮށް ގެވަޅުދޭ އަދަދު ދެއަވަށުން ވަކިވަކިން އެނގޭނެހެން އިޢުލާންކުރެވޭނެއެވެ.

 

ޝަކުވާ ހުށައެޅުމަށް އެދޭ ފޯމް:

https://drive.google.com/file/d/1I2-GyefGlQzI0I01aZLXkzG-KYB68NEf/view?usp=sharing

ޕޮއިންޓް ލިސްޓް (ކެނދިކުޅުދޫ ރަށްވެހިން):

https://drive.google.com/file/d/1lCFHxJBn-9583SU1yNdgYauOAy5Pz8W4/view?usp=sharing

ޕޮއިންޓް ލިސްޓް (ރަށުން ބޭރު ފަރާތްތައް):

https://drive.google.com/file/d/1eTV-rewEVqKpSb94sNkGfpEM9yadOmfq/view?usp=sharing

ޕޮއިންޓް ދޭ އުސޫލް:

https://drive.google.com/file/d/1kVChm1ID-TfSulvErh-5d9EpVXXh8yqE/view?usp=sharing

މިއިޢުލާނާއިއެކު ޕޮއިންޓް ލިބިފައިވާ ލިސްޓްތައް ގެޒެޓްކޮށް ޝާއިޢުކުރުމުގެ އިތުރުން މިކައުންސިލްގެ ނޯޓިސްބޯޑުގައިވެސް ޢާންމުކުރެވިގެންދާނެއެވެ. 

             ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.     

03 ރަޖަބު 1443   

15 ފެބްރުއަރީ 2021 

15 ފެބުރުވަރީ 2021
ހޯދާ