ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކް ތަރައްޤީކުރުމުގެ މަސައްކަތާއި ގުޅޭ

މިކައުންސިލުން ދޭ މަޢުލޫމާތާއިއެއްގޮތަށް ކުޑަކުދިންގެ ޕާކް ތަރައްޤީކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން  ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށް ދުރުވެ، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ކުޑަކުދިންގެ ޕާކް ތަރައްޤީކުރުމުގެ މަސައްކަތާއި ގުޅޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

އަންދާސީ ހިސާބު ހުށަހެޅުމާއި ކެނޑުމުގެ ބައްދަލުވުން

21 ފެބްރުއަރީ 2021  13:00

28 ފެބްރުއަރީ 2021  13:00

 

މިމަސައްކަތުގައި ބައިވެރިވެ ވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި އަދި، އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ޚާޟިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު، ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅު ވެލައްވާނަމަ ރަސްމީ ގަޑީގައި 6500039 ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ފެބުރުވަރީ 2021
ހޯދާ