އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ނެޓްވޯރކް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ.

އިޢުލާން

މިއިދާރާގެ ނެޓްވޯރކް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ.

  މިއިދާރާގައި ވައިލެސް ނެޓް ވޯކް ޤާއިމް ކުރުމަށާއި، އިދާރާގައި އިދާރީ މަސައްކަތް ކުރުމަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމްތައް އަމިއްލަ ތަކެތީގައި ގަނެ އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 22 ފެބުރުވަރީ 2021 ވާ ހޯމަ ދުވަހުގެ 13:00 އަށް މިކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 03 މާރިޗް 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިމަސައްކަތް ކޮށްދެއްވާނެއަގު ބަޔާންކޮށް ލިޔުމަކުން މިޢިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މިގޮތުން ހުށަހެޅޭ ޕްރޮޕޯސަލް ކެނޑުން ހުށަހަޅާފަރާތްތަކުގެ ހާޟިރުގައި 03 މާރިޗް 2021 ވާ ބުދަ ދުވަހުގެ 13:00 ގައެވެ. އަދި މައުލޫމާތު ސާފްކުރަންވަޑައިގެންނެވި ބޭފުޅުންނަށް ލިޔުން ހަވާލުކޮށްފައި ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. މަތީގައި ދެންނެވިފައިވާ މައުލޫމާތު ދިނުމުގެ ސެސަނަށް ހާޒިރުނުވާފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ.

    ވީމާ، މިކަން އެންގުމަށްޓަކައި އާއްމުކޮށް އިޢުލާން ކުރަމެވެ.

03 ރަޖަބު    1442

 15 ފެބުރުވަރީ  2021

 

15 ފެބުރުވަރީ 2021
ހޯދާ