ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

ހދ.ވައިކަރަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 21 ފެބްރުއަރީ 2021 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 13:30 ގެ ކުރިން  ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު [email protected]  އަށް  އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ މަތީގައިވާ ތާރީޚުގެ ކުރިން ރަސްމީ ގަޑީގައި މިކައުންސިލަށް ޙާޟިރުވެ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށް ފަހު ހުށަހެޅުއްވުން އެދެމެވެ. އަދި ރަޖިސްޓްރޭޝަން ޝީޓް މެއިލް ކުރުމަށްފަހު ލިބުނުކަން ކަށަވަރު ކުރުމަށްޓަކައި މި އިދާރާ ގެ ނަންބަރ 6520049 ފޯނާ ގުޅުއްވާ ޔަގީން ކުރަންވަން ވާނެއެވެ. މިމުއްދަތުގައި ރަޖިސްޓްރީ ނުވާ ފަރާތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތްތަކުގެ ތަފްސީލް ހިމެނޭ ބިޑް ޑޮކިއުމަންޓްތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.

މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.

މި މަސައްކަތާގުޅިގެން އެއްވެސް ސުވާލެއްވާނަމަ 2021 މާރޗް 02 ވަނަ ދުވަހުގެ 13:30ގެ ކުރިން މަތީގައިއެވާ އީމެއިލަށް މެއިލް ކުރުމަށް ދަންނަވަމެވެ.އަދި މެއިލް ލިބުނުކަން ކަށަވަރު ކުރުމަށްޓަކައި ރަސްމީ މަސައްކަތުގަޑީގައި މި އިދާރާ ގެ ނަންބަރ 6520049 ފޯނާ ގުޅުއްވާ ޔަގީން ކުރަންވަން ވާނެއެވެ. މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުމާއި، އަންދާސީހިސާބު ބަލައިގަތުން ތިރީގައި އެވާ ތާރީޚުތަކުގައި މި އިދާރާގައި އޮންނާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

ތަން: ހދ. ވައިކަރަދޫ ކައުންސިލްގެ އިދާރާ

ތަން: ހދ. ވައިކަރަދޫ ކައުންސިލްގެ އިދާރާ

23 ފެބުރުވަރީ 2021 ވާ އަންގާރަ ދުވަހުގެ 11:00

04 މާރޗް 2021 ވާ ބުރާސްފަތި ދުވަހުގެ 11:00

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރު 6520046 ފޯނާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ފެބުރުވަރީ 2021
ހޯދާ