ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މަރާމާތު ކުރުމުގެ މަސައްކަތް

ިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ ބައެއްފެކަލްޓީ ސެންޓަރ ތަކުގައި ކުރަންހުރި ބައެއްމަރާމާތު މަސައްކަތްތަކާއި ގުޅޭގޮތުން ކުރެވުނު އިއުލާން ނަމްބަރ MNU-CA-FM/2021/07 އާއި ގުޅިގެ ހުށައެޅި އަގުތައް ބޮޑުކަމަށް ފެންނާތީ އެއިއުލާން އާއި ގުޅިގެން ހުށައެޅި ބިޑްތައްބާތިލްކޮށް އަލުން އެމަސައްކަތް ކަތަކަށް ހުޅުވާލަމެވެ.


 

              ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ ބައެއްފެކަލްޓީ ސެންޓަރ ތަކުގައި ކުރަންހުރި ބައެއްމަރާމާތު މަސައްކަތްތަކާއި ގުޅޭގޮތުން ކުރެވުނު އިއުލާން ނަމްބަރ MNU-CA-FM/2021/07 އާއި ގުޅިގެ ހުށައެޅި އަގުތައް ބޮޑުކަމަށް ފެންނާތީ އެއިއުލާން އާއި ގުޅިގެން ހުށައެޅި ބިޑްތައްބާތިލްކޮށް އަލުން އެމަސައްކަތް ކަތަކަށް ހުޅުވާލަމެވެ.

މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން

             މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާން އާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

ބީލަން ބަލައިގަތުން

                  ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ  21 ފެބުރުއަރީ 2021  ވާ  ދުވަހު 12:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ މަރުކަޒީ އިދާރާ  ރައްދެބައިހިނގުން، މާލެ ގައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

                ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް ކަމުގައިވާންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

              މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުޅުއްވާނީ.

  • 3345192 ،3345134

             އީ-މެއިލް ކުރައްވާނީ ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ، އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

ނޯޓް:
           ބީލަމާއެކު ހުށަހަޅާ އަގުބަޔާންކުރާ ޝީޓު ނުވަތަ ކޯޓޭޝަންގައި ބީލަންހުށަހަޅާ ފަރާތުގެ ސޮޔާއި ކުންފުންޏެއްނަމަ، ކުންފުނީގެ ތައްގަނޑުޖަހާފައި ހުންނަވާނެއެވެ.  މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ.

 

15 ފެބުރުއަރީ  2020   

15 ފެބުރުވަރީ 2021
ހޯދާ