ދިވެހިރާއްޖެ
ޢިއުލާން ނަންބަރު:MPBA/2021/006
ތާރީހް: 15 ފެބްރުއަރީ 2021
އިޢުލާން
ވަޒީފާގެ ފުރުސަތު
މަޤާމް: |
އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓް |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަސައްކަތް ކުރަންޖެހޭތަން: |
މޯލްޑިވްސް ޕޫލް ބިލިއަޑު އެސޯސިއޭޝަން، މާލެ |
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުތު: |
- ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 3 މާއްދާއިން ދަށްވެގެން ސީ ނުވަތަ އެއަށްވުރެ މަތިން ލިބިފައިވުން. އަދި ސެކަންޑަރީ ސެޓްފިކެޓް އިމްތިހާންގައި "ދިވެހި" ، "އިސްލާމް" މި ދެމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. |
މަޤާމުގެ މަސްއޫލިއްޔަތު: |
- މޯލްޑިވްސް ޕޫލް ބިލިއަޑު އެސޯސިއޭޝަންގެ ހިންގުމުގައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިކަން ދިނުން - މޯލްޑިވްސް ޕޫލް ބިލިއަޑު އެސޯސިއޭޝަންއަށް ހޯދަންޖެހޭ އެންމެހާ ތަކެތީގެ ސްޓޮކް ބަލަހައްޓާ، ސްޓޮކްއަށް މަދުވާ ތަކެތިހަމަކޮށް އެތަކެތީގެ އިންވެންޓްރީ ބެލެހެއްޓުން. - އެސޯސިއޭޝަނުން ރާވާ ހިންގާ މުބާރާތްތަކާއި ހަރަކާތްތައް ހިންގުމުގައި އަމަލީގޮތުން ބައިވެރިވުން - މޯލްޑިވްސް ޕޫލް ބިލިއަޑު އެސޯސިއޭޝަން ސާފުކުރުމާއި މެއިންޓެނަންސްގެ މަސަކަތް ކުރިއަށްދާގޮތް ސްޕަވައިޒް ކުރުން - މޯލްޑިވްސް ޕޫލް ބިލިއަޑު އެސޯސިއޭޝަންގައި މެންބަރުންނަށް ދޭންޖެހޭ އެންމެހައި ހިދުމަތްތައް ހެދިފައިވާ ޤަވާއިދުތަކާއި އެއްގޮތަށްދިނުން އަދި މޯލްޑިވްސް ޕޫލް ބިލިއަޑު އެސޯސިއޭޝަންގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށްބެލޭނެ ކަންތައްތައް |
- ލިބިފައިވާ ތަޢުލީމާއި ތަމްރީން - މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަގަނޅަށް ބޭނުން ކުރަން އެގުން - ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން - ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން. |
ހުށަހަޅަންޖެހޭ ލިއުންތައް |
- ވަނަވަރު (ސީވީ) - އައި.ޑީ ކާޑުގެ ކޮޕީ - ތަޢުލީމީ ސެޓްފިކެޓްތައް (އިޢުލާނުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓްތައް) - އީމެއިލް ފޮނުވަންވާނީ ހުރިހާ ހުރިހާ ޑޮކިއުމަންޓްތައް އެއް ޑޮކިއުމަންޓް އެއްގޮތުގައި PDF ކޮށްފައެވެ. |
ސުންގަޑި: |
- މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 21 ފެބްރުއަރީ 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. |
އިންޓަވިއު: |
- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށެވެ. |
15 ފެބްރުއަރީ 2021