އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުމާ ބެހޭ:

އިޢުލާން

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުމާ ބެހޭ:

               ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރ 3/2021ގެ އިއުލާންގައި ދަންނަވާފައިވާ ގޮތުގެމަތިން 7 ފެބްރުއަރީ 2021ން ފެށިގެން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުން ވަނީ މަޖްބޫރު ކުރެވިފައެވެ. އެގޮތުން މިދެންނެވި އެންގުމާ އެއްގޮތަށް އަމަލުކުރޭތޯ ބަލައި ފިޔަވަޅު އަޅަމުންގެންދިއުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ހިދުމަތް ލިބެން ނެތް ރަށްރަށުގައި ކައުންސިލްތަކުގެ މައްޗަށް ވަނީ ލާޒިމްކުރެވިފައެވެ. މިގޮތުން މިކައުންސިލުންވެސް އަންނަނީ މިކަން ބަލައި މޮނިޓަރ ކުރަމުންނެވެ. ނަމަވެސް ހިތާމައަކީ މިދެންނެވުނު އުސޫލާ ހިލާފަށް މިރަށުގައިވެސް މަދުފަރާތްތަކަކުން އަމަލުކުރަމުންގެންދާކަމެވެ.

   ވީމާ، މިއަދުންފެށިގެން މިދެންނެވުނު އުސާލާ ހިލާފުވާ ފަރާތްތަކާމެދު ހާލަތަށް ބަލައި ފިޔަވަޅު އަޅަމުންގެންދާނެ ވާހަކަ އެންމެހައި ފަރާތްތަކުގެ މައުލޫމާތައްޓަކައި ދަންނަވަމެވެ.

    މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

      14 ފެބްރުވަރީ 2021

14 ފެބުރުވަރީ 2021
ހޯދާ