ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 މަޤާމް:

ސެކިއުރިޓީ އޮފިސަރ

ބޭނުންވާ ޢަދަދު:    01

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް

(މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ. މިވަޒީފާއަކީ ވޭޖް އެމްޕްލޯއިމެންޓް އުޞޫލުން އުޖޫރަ ދެވޭ ވަޒީފާއެކެވެ.)

މުސާރައާއި އެލަވަންސް:  

މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 153/85 (އެއްސަތޭކަ ފަންސާސް ތިންރުފިޔާ އަށްޑިހަ ފަސްލާރި)

އެއްމަސްދުވަހު މަސައްކަތަށް ނުކުތުމުން އެކުޖުމްލަ 4000/- (ހަތަރުހާސް ރުފިޔާ).

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

ޑިއުޓީ އުޞޫލުން، އިދާރާއިން ކަނޑައަޅާ ޑިއުޓީ ތާވަލާއި އެއްގޮތަށް ގިނަވެގެން ކޮންމެ 24 ގަޑިއިރަކަށް 8 ގަޑިއިރުގެ ޑިއުޓީ. (ކޮންމެ ޙަފްތާއަކު 1 ދުވަސް އޮފް ދުވަހުގެ ގޮތުގައި ލިބޭނެއެވެ.)

ތަޢްލީމީ ފެންވަރު:  ގްރޭޑް 7 ގެ ފެންވަރު ހުރުން. ނުވަތަ ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ މަސައްކަތެއްގައި މަދުވެގެން 1 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން.

ޝަރުޠު: ޢުމުރުން 65 އަހަރުވެފައިވާ ފަރާތެއް ކަމުގައި ނުވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. ގިނަވަގުތު މަސައްކަތުގައި އުޅުން.
  2. އިނގިރޭސި އަކުރުން ލިޔެފައި ހުންނަ ލިޔުން ކިޔަން އެނގުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކައުންސިލްގެ އިދާރާގެ ޢިމާރާތްތަކާއި ގޯތީގެ ސަރަޙައްދުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން.
  2. އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.، ތަޢްލީމީ ސަނަދުތުތަކުގެ ކޮޕީ.، މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި:

24 ފެބްރުވަރީ 2021 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް.

         

މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

14 ފެބުރުވަރީ 2021
ހޯދާ