ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ކްލިނިކަލް އެސިސްޓެންޓް

 

މަޤާމް: ކްލިނިކަލް އެސިސްޓެންޓް

ޑިޕާޓްމަންޓް: ކަސްޓަމަރ ސަރވިސް ސެންޓަރ

ތަޢުލީމާ ތަޖުރިބާ:

1.  ސާނަވީ ނުވަތަ އެއާއި އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޑޮކްޓަރާއި ބަލިމީހާއާ ދެމެދު ކުރެވޭ މުޢާމަލާތް ދެފަރާތައް އޮޅުން ނާރާނެފަދަ ސާފު ގޮތަކަށް ވަގުތުން ތަރުޖަމާކޮށް ދިނުމާއި، ޑޮކްޓަރުގެ ބޭނުމަށް ބަލިމީހާކުރަންޖެހޭ ޙަރަކާތްތައް ކުރަންޖެހޭގޮތް ރަނގަޅަށް ސާފުކޮށް ކިޔައިދިނުމާއި ޕްރޮސީޖަރތައް ހެދުމުގައި ޑޮކްޓަރު ބޭނުން ވެއްޖެ ހިނދެއްގައި އެހީތެރިކަށް ފޯރުކޮށް ދިނުން. އަދި ޑޮކްޓަރ ކޮޓަރިއަށް ލިބޭ ފޯން ކޯލްތަކަށް ޖަވާބުދިނުން
  2. ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންނަށް ދޫކުރެވިފައިވާ ނަންބަރު ތަރުތީބުން ބަލިމީހުން ބެލުމުގައި ޑޮކްޓަރަށް އެހީތެރިވެދީ ފަރުވާދެއްވާ ބަލިމީހުންގެ ތަފްޞީލް ޕޭޝަންޓް ރިކޯރޑްތަކުގައި ޑޮކްޓަރުގެ އިރުޝާދުތަކާ އެއްގޮތަށް ވަގުތުން ލިޔުން.
  3. ޑިއުޓީކުރާ އޯ.ޕީ.ޑީގައި ހުންނަ ކައުންޓަރުގައި ތިބޭ މުވައްޒަފުން ނެތިއްޖެ ހާލަތެއްގައި ކައުންޓަރ ބެލެހެއްޓުމުގައި އެހީތެރިވުން.
  4. ބަލިމީހާގެ އެކިއެކި ޓެސްޓްތައް ހެދުމުގައި ޑޮކްޓަރަށް އެހީތެރިވުން.

 

މުސާރައާއި އިނާޔަތް :

މުސާރަ                4465.00 ރުފިޔާ

ސަރވިސް އެލަވަންސް:      1500.00 ރުފިޔާ

ރިސްކް އެލަވަންސް:        75.00 ރުފިޔާ (މަސައްކަތް ކުރާ ދުވަހަކަށް)

ސަޕޯޓިންގ ކޯ އެލަވަންސް   :700.00 ރުފިޔާ

ޝިފްޓް އެލަވަންސް:      މެންދަމު 00:00 ން ހެނދުނު 06:00 ށް 45.00 ރުފިޔާ،ހެނދުނު 06:00ން މެންދަމު 00:00 ށް 25.00 ރުފިޔާ 

       ކުރިމަތިލުމުގެ ސުންގަޑި: 22 ފެބްރުވަރީ 2021 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމު.
  • ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕޮލިސް ރިޕޯޓް


ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134  ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

14 ފެބުރުވަރީ 2021
ހޯދާ