ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ސަރވިސް އޮފިސަރ ގެ މަޤާމަށް މުވައްޒަފަކު ހޯދުން

އިޢުލާނު

މަޤާމު:

މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-331637

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ވ. ކެޔޮދޫ ކައުންސިލްގެ އިދާރާ

މުސާރަ:

5,610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

1.  ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ (މީގެއިތުރުން މަޤާމަށް  ކަނޑައެޅިފައިވާ އިނާޔަތްތައް )

2. ސަޕޯޓިން ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700 ރުފިޔާ ލިބިލައްވާނެއެވެ.

3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ޤަވާއިދު އަދި އުސޫލުތަކާ އެއްގޮތަށް އެކި ބޭނުންތަކަށް ރަށުން ބިންދޫކުރުމާއި، ގޯތި ގެދޮރު ބައިކުރުމާއި، ރަޖިސްޓްރީ ހެއްދުމާއި ރަށުގެ ބިމުގެ ދަފްތަރު އަދާހަމަކޮށް ބެލެހެއްޓުމާއި ބޯހިޔާވަހިކަމާއި ބިމާ ގުޅުންހުރި މަޝްރޫޢުތަކުގެ އިދާރީ މަސައްކަތްތައް ކުރުން.
  2. އުފަންދުވަހުގެ ރަޖިސްޓްރީއާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާއި ރަށުގެ ރަށްވެހިންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި ރަށުގައި ދިރިއުޅޭ އެހެންރަށްރަށުގެ މީހުންނާއި ބިދޭސީނާއި އާބާދީއާ ގުޅުންހުރި ޙާއްސަދަފްތަރުތައް ބެލެހެއްޓުމާއި އާބާދީއާ ގުޅޭ މަސައްކަތްތައްކުރުން.
  3. ރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގައި އެހީތެރިވެދިނުމާއި އެކި ބޭނުންތަކަށް ދޫކުރެވޭ ބިންތަކާއި ގުޅިގެން ލޭންޑް ޔޫސް ޕްލޭން އަދާހަމަކޮށް ބެލެހެއްޓުން.
  4. އިމާރާތްކުރުމާއި ގުޅިގެން ހުށައެޅޭ ލިޔެކިޔުންތަކާއި ކުރެހުންތައް ރިވިއުކޮށް ޤަވާއިދުތަކާ އުސޫލުތަކާ އެއްގޮތަށް އިމާރާތް ކުރުމަށާއި އިމާރާތްތަކަށް ބަދަލުގެނައުމުގެ ހުއްދަ ދޫކުރުން.
  5. މަގުތަކާއި އިޖުތިމާޢީ ސަރަހައްދުތައް ބޭނުންކުރުމަށާއި އެފަދަ ތަންތަނުގައި މަސައްކަތްތައް ކުރުމަށް ހުށައެޅޭ ލިޔުންތައް  ޗެކްކޮށް ހުއްދަ ދޫކުރުމުގެ މަސައްކަތް ކުރުން.
  6. މިސްކިތް،ޕްރީސްކޫލް، ހިނަވާގެ، ގަބުރުސްތާނު އަދި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެހެނިހެން އިމާރާތްތަކާއި އިޖްތިމާޢީ ސަރަހައްދުތަކާއި އެ ސަރަހައްދުތަކުގައި ބެހެއްޓިފައިވާ ޑަސްބިންތަކާއި، ބީޗް، އަދި ބަނދަރުގެ ސާފުތާހިރުކަން ޔަގީންކުރުމާއި މަރާމާތުކުރަންޖެހޭތަންތަން މަރާމާތުކޮށް ބެލެހެއްޓުން.
  7. ރަށުގެ މަގުތަކާއި ބަނދަރާއި އެއްގަމު ތޮއްޓާއި، ކަނޑު ތޮށިމަރާމާތުކޮށް ބެލެހެއްޓުމާއި މަގުތަކާއި އިޖުތިމާޢީ ސަރަހައްދުތަކުގައިވާ ބައްތިތަކާއި ނެރުބައްތި މަރާމާތުކޮށް ބެލެހެއްޓުން.
  8. ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓު ހަދައިދިނުމާއި ކަނޑާއި އަދި އެއްގަމު އުޅަނދުފަހަރާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ހަމަޖެހިފައިވާއުޞޫލާ އެއްގޮތަށް ކުރަމާއި އުޅަނދުފަހަރުގެ ދަފްތަރު އެކުލަވާލައި ބެލެހެއްޓުން.
  9. ރަށުގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ބެލެހެއްޓުމާއި ކާރިސާތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްކުރުމާއި މައުލޫމާތުތައް ބެލެހެއްޓުން.
  10. އާއްމު އުނދަގުލާއި ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތަކުގެ ރިކޯޑް ބެލުމަށް ނިޒާމެއް ގާއިމްކޮށް ކައުންސިލްގެ ވެރިންނާއި ސްޕަވައިޒަރުގެ ލަފާގެ މަތިން ހައްލުކުރުމާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  11. ރަށުގެ ރުއްގަހުގެ މަޢުލޫމާތު އަދާހަމަކޮށް ބެލެހެއްޓުން.
  12. ޖަނާޒާއާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް އިންތިޒާމްކޮށްބެލެހެއްޓުން.
  13. މަސައްކަތާގުޅިގެން ޖަވާބުދާރީވާންޖެހޭ ލިޔުންތައްތައް ޔާރުކޮށްފޮނުވުމާއި ރިޕޯޓްތަކާއި ލިޔުންތަކަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ރިޕޯޓް އެކުލަވާލައި ގުޅުންހުރި އިދާރާތަކަށް ފޮނުވުން.
  14. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  15. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  16. މިއިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • އިކޮނޮމިކްސް
  • ޕްރޮޖެކްޓް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • ސޯޝަލް ސައިންސް
  • އާބަން ސްޓަޑީޒް

މަޤާމުގެ ކޯ ޑިސިޕްލިންތައް:

  • ސޯޝަލް ސައިންސް
  • އާބަން ސްޓަޑީޒް

މަޤާމުގެ މަސައްކަތުގެ ދާއިރާ:

  • މުނިސިޕަލް ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑުޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ: ސެޓްފިކެޓުނެތްހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާއަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތުމަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތުމަޤާމުތަކުގައި ވަޒީފާއަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލޭނެ ބައިތައް

ޕޮއިންޓް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތައުލީމް

ލިބިފައިވާ ތަޢުލީމް

65

15

20

ޕްރިފަރޑް ޑިސިޕްލިންގ ސެޓްފިކެޓް

5

5

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

20

10

10

ލިބިފައިވާ ހުނަރު

އިމްތިޙާނު/ ޕްރެކްޓިކަލްސް

50

20

70

އިންޓަވިއު

100

50

ޖުމްލަ

240

100

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ފެބްރުވަރީ 2021 ވާ އާދީއްތަ ދުވަހުގެ 13.00 ގެ ކުރިން، ވ. ކެޔޮދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް  [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ 23 ފެބްރުވަރީ 2021 އާއި 28 ފެބްރުވަރީ 2021 އާއި ދެމެދު، ވ. ކެޔޮދޫ ކައުންސިލް އިދާރާގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6700601 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

14 ފެބުރުވަރީ 2021
ހޯދާ