މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެކްސްޕެޓް ސިސްޓަމްގެ ޚިދުމަތް މެދުކެނޑުން

އެކްސްޕެޓް ސިސްޓަމްގެ ޚިދުމަތް މެދުކެނޑުން

ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ޤަވާޢިދު ނަންބަރު: 2021/R-16 އަށް ޢަމަލު ކުރަން ފަށާ ތާރީޚަކީ ، 15 ފެބްރުވަރީ 2021 އެވެ. ބިދޭސީންނަށް ދޫކުރެވޭ ހުއްދައާއި ބިދޭސީންގެ މަޢުލޫމާތު ބެލެހެއްޓުމަށް މިހާރު ބޭނުންކުރަމުންގެންދާ " އެކްސްޕެޓް ސިސްޓަމް " އަށް ، އެދުވަހުން ފެށިގެން ގިނަ ބަދަލުތަކެއް ގެނެވޭނެއެވެ.

މިކަމާގުޅިގެން ، ސިސްޓަމަށް ގެނެވޭ ބަދަލުތައް ފުރިހަމަކުރުމަށްޓަކައި ، އެކްސްޕެޓް ސިސްޓަމްގެ ޚިދުމަތްތައް 13 ފެބްރުވަރީ 2021 ގައި މެދުކެނޑިގެން ދާނެއެވެ. އެހެންނަމަވެސް ، 15 ފެބްރުވަރީ 2021 ގައި އަލުން ސިސްޓަމް ހުޅުވައި ޚިދުމަތް ދޭން ފެށޭނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

13 ފެބުރުވަރީ 2021
ހޯދާ