ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ ބޭނުމަށް ސިމެންޓް މިކްސަރ ގަތުމަށްޕްރޮޕޯސަލް / ކޯޓޭޝަން ހޯދުމާ ގުޅޭ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

                                                          ނަމްބަރު: IUL)RDC/RDC/2021/29)

  

ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ ބޭނުމަށް ސިމެންޓް މިކްސަރ ގަތުމަށްޕްރޮޕޯސަލް / ކޯޓޭޝަން ހޯދުމާ ގުޅޭ

 

މި ކޯޕަރޭޝަންގެ ބޭނުމަށް ސިމެންޓް މިކްސަރ ގަންނަން ބޭނުންވެއެވެ. ގަންނަން ބޭނުންވާ މެޝިންގެ ތަފްސީލް ތިރީގައި އެވަނީއެވެ. ބޭނުންވާ ތަކެތީގެ އިތުރު ތަފްސީލް މައުލޫމާތައްޓަކައި އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

 

QTY

UOM

Item Description

#

3

NOS

Cement Mixer Machine (Three bags)

1

 

  • ޑެލިވަރ ކުރަން ޖެހޭތަން: އާރ.ޑީސީ. ސައިޓް، މާލެ
  • ޕޭމަންޓް ޓާރމް: ޕޭމަންޓް ދެއްކުމަށް ހަމަޖެހިފައިވަނީ ޑެލިވަރީ އަދި އެކްސެޕްޓަންސްއަށް ފަހު އިންވޮއިސް ހުށައެޅުމުން 4 މަހައް ބަހާލެވިގެންނެވެ. 

   އިވެލުއޭޓްކުރުމުގައި ބަލާނެ ކަންތައްތައް (މާރކިންގް ކްރައިޓީރިއާ) :

-         ހުށަހަޅާ އަގަށް: 70% (އިވޭލުއޭޓް ކުރެވޭނީ ސްޕެސިފިކޭޝަން ކްރައިޓީރިއާއަށް ފެތޭ ޕްރޮޕޯސަލްތައް އެކަނި)

-         ޑެލިވެރީ: 15%

-         ތަޖުރިބާ: 15% (ތަޖުރިބާ އަށް މާރކްސް ދިނުމުގައި ބަލާނީ ވޭތުވެދިޔަ 3 އަހަރު ކޮށަފައިވާ މަސައްކަތްތައް ބަޔާންކޮށްދޭ ލިޔެކިޔުން ތަކަށް ބިނާކޮށެވެ. މަސައްކަތް ވާން ވާނީ އިޢުލާންގައި ބުނާފަދަ މަސައްކަތެއް ނުވަތ އެއާ އެއްގޮތް މަސައްކަތަކަށެވެ. މި ގޮތުން ބަލާނީ މަސައްކަތް ކޮށްދީފައިވާ އިދާރާ އަކުން މަސައްކަތް ނިންމިކަމަށް ދީފައިވާ އެތަނެއްގެ ރަސްމީ ލިޔުމެކެވެ. އެއް އިދާރާ އަކުން ނުވަތަ އެމްޕްލޯޔަރ އެއްގެ ފަރާތުން ހުށަހެޅޭނީ ގިނަވެގެން 2 ލިޔުމެވެ. ޝަރުތު ފުރިހަމަވާ ލިޔުމަކަށް ލިބޭނީ 3 މާރކްސް އެވެ. ޖުމްލަ ބަލާނީ 5 ލިޔުމަށެވެ.(

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ބިޑް ސަބްމިޝަން ފޯމް، ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު.

2-      ވެންޑަރ ރަޖިސްޓްރޭޝަން ފޯމް، ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު. (މި ކޯޕަރޭޝަންގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް އަލުން "ވެންޑަރ ރަޖިސްޓްރޭޝަން" ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ).

މަތީގައި ބަޔާން ކުރެވިފައިވާ ފޯމްތައް މި އިޢުލާންގައި އެޓޭޗް ކުރެވިފައި ވާނެއެވެ. ލިޔުންތައް ފުރިހަމައަށް ހުށަނާޅާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.     

   ވީމާ، ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 21 ފެބްރުއަރީ 2021 (އާދީއްތަ) ދުވަހުގެ 10:00 އަށް ހާޒިރުވެ ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ.

 

 

              ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

                            އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު

                            މާލެ، ދިވެހިރާއްޖެ

                            ފޯން ނަންބަރު: 3339060

                            މެއިލް : [email protected]

                            13 ފެބްރުއަރީ 2021

 

 

 

13 ފެބުރުވަރީ 2021
ހޯދާ