މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަރކް ޕަރމިޓް ދޫކުރުމާ ގުޅޭ

ވަރކް ޕަރމިޓް ދޫކުރުމާގުޅޭ

31 ޖަނަވަރީ 2021 ގައި ގެޒެޓް ކޮށްފައިވާ ޤަވާޢިދު ނަންބަރު 2021/R-16 ( ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ޤަވާޢިދު ) ގެ 15 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ، 15 ފެބްރުވަރީ 2021 ވަނަ ދުވަހުން ފެށިގެން މި މިނިސްޓްރީން " ވަރކް ޕަރމިޓް " ދޫކުރަން ފަށާނެކަމުގައި ދެންނެވީމެވެ.

މަތީގައި ދެންނެވުނު ޤަވާޢިދުގައި ބަޔާންކުރާ ގޮތުގެ މަތިން ވަރކް ޕަރމިޓް ދޫކުރެވޭނީ، މިނިސްޓްރީން ބިދޭސީންގެ ވެރިފިކޭޝަނެއް ފުރިހަމަ ކުރުމަށް ފަހުގައެވެ. މި ދެންނެވުނު ވެރިފިފިކޭޝަން ފުރިހަމަކުރުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށެވެ. ވެރިފިކޭޝަން ފުރިހަމަ ކުރެއްވުމަށް އެޕޮއިންޓްމެންޓެއް ހެއްދެވުމަށްފަހު ، ވަޒީފާދޭ ފަރާތުން ނުވަތަ އެ ފަރާތުން ޢައްޔަންކުރާ އެހެން ފަރާތަކުން ، ބިދޭސީން މިމިނިސްޓްރީއަށް ގެންނަވަން ޖެހެއެވެ. ބިދޭސީން ގެންނަވާނީ ، ހުރަވީ ބިންޑިންގެ 3 ވަނަ ފަންގިފިލާގައި ހުންނަ މި މިނިސްޓްރީގެ އެމްޕްލޯއިމަންޓް ރަޖިސްޓްރޭޝަން ސެކްޝަންގެ ކައުންޓަރަށެވެ. ބިދޭސީން ރާއްޖެ އެތެރެވާ ދުވަހުން ފެށިގެން، ވަރކް ޕަރމިޓް ހޯދުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވަންދެން ކޮންމެ ދުވަހަކުވެސް ވެރިފިކޭޝަގެ ޚިދުމަށް ހޯއްދެވޭނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

11 ފެބުރުވަރީ 2021
ހޯދާ