މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެކްސްޕެޓް ސިސްޓަމަށް ގެނެވޭ ބަދަލުތަކާ ގުޅޭ

އެކްސްޕެޓް ސިސްޓަމަށް ގެނެވޭ ބަދަލުތަކާ ގުޅޭ

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެނެވޭ ބިދޭސީންގެ ކަންކަން ހަރުދަނާކުރުމުގެ ގޮތުން މި މިނިސްޓްރީން މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ޤަވާޢިދު ނަންބަރު: 2021/R-16 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ޤަވާޢިދު) އަށް ޢަމަލު ކުރަން ފަށާ ތާރީޚް، 15 ފެބްރުވަރީ 2021 ވަނަ ދުވަހުން ފެށިގެން، ދިވެހި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ހުއްދަ ދޫކުރުމާއި، ބިދޭސީންގެ މަޢުލޫމާތު ބެލެހެއްޓުމަށް ބޭނުންކުރަމުންދާ "އެކްސްޕެޓް ސިސްޓަމް" އަށް ގިނަ ބަދަލުތަކެއް ގެނެވި ސިސްޓަމް އައުކުރެވިގެން ދާނެއެވެ.

މިގޮތުން، 15 ފެބްރުވަރީ 2021  ވަނަ ދުވަހުން ފެށިގެން، ތިރީގައި މި ބަޔާންކުރާ މައިގަނޑު ބަދަލުތައް އެކްސްޕެޓް ސިސްޓަމަށް ގެނެވޭނެއެވެ.

  1. ސިސްޓަމްގެ ޔޫއާރްއެލް xpat.egov.mv  އަށް ބަދަލުވުން.
  2. 24 ގަޑިއިރަށް އެސްޕެޓް ސިސްޓަމްގެ ޚިދުމަތް ހުޅުވައިލުން.
  3. އެކްސްޕްރެސް ސަރވިސްގެ ޚިދުމަތް ފެށުން.

   

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

11 ފެބުރުވަރީ 2021
ހޯދާ