ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރުމުގެ މުބާރާތް 2021

   ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރުމުގެ މުބާރާތު"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލަމެވެ. މި މުބާރާތަކީ ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނަށް ހުޅުވައިލައިފައިވާ މުބާރާތެކެވެ.

   މި މުބާރާތުގެ މަގުސަދަކީ ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރުމުގެ ގާބިލުކަން ސަރުކާރު މުވައްޒަފުންގެ ކިބައިގައި އިތުރުކުރުމާއި ސާފު ދިވެހިބަހުން މުޢާމަލާތު ކުރުމުގެ ޤާބިލުކަން އުފެއްދުމެވެ. މީގެއިތުރުން ސަރުކާރުގެ ލިޔުންތައް އާންމު ކުރުމަށް މަގުފަހި ކުރުވާ ސަރުކާރު މުވައްޒަފުންނަކީ ދިވެހިބަހުން ކުށް ނުލައި ލިޔުމަށް ޝައުގުވެރިވާ ބައެއް ކަމުގައި ހެދުމެވެ.

   މި މުބާރަތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 2021ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 17ވަނަ ދުވަހުގެ މެންދުރުފަހު 2:00އެވެ.  މި މުބާރާތުގައި ބައިވެރިވާން އެދޭ ގޫގުލް ފޯމާއި މުބާރާތުގެ ގަވާއިދު މި އިޢުލާނާ އެކު އެ ވަނީއެވެ.

   މި މުބާރާތް އޮންނާނީ 2021 ފެބްރުވަރީ 21ވަނަ ދުވަހުގެ ހެނދުނު 10:00އިން 11:00އަށެވެ.

11 ފެބުރުވަރީ 2021
ހޯދާ