މަގާމު
|
ޕިއަރ ރިކަވަރީ މެންޓަރސް (ކޮންޓްރެކްޓް)
|
ބޭނުންވާ ޢަދަދު
|
05 (ފަހެއް)
|
މުސާރަ
|
މަހަކު މަސައްކަތުގެ އުޖޫރައިގެ ގޮތުގައި -/4000 ރުފިޔާ އަދި ފީލްޑް އެލަވަންސްގެ ގޮތުގައި
-/1000ރުފިޔާ
|
މަސައްކަތް ކުރަންޖެހޭ ތަން
|
ނޭޝަނަލް ޑްރަގް އޭޖެންސީ / އައުޓް ޕޭޝަންޓް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ، ގއ.ވިލިނގިލި
|
އާދައިގެމަތިން މަސައްކަތްކުރަންޖެހޭ ގަޑިތައް
|
ހަފްތާގެ 6 ދުވަހު ކޮންމެ 24 ގަޑިއަކުން ޑިއުޓީ އުޞޫލުން ކަނޑައެޅޭ 7 ގަޑިއިރު
|
ވަޒީފާގެ އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު
|
- އޮންދަ ޖޮބް ޓްރެއިނީ 2އެއްގެ ގޮތުން މަސައްކަތް ކުރާ މަރުކަޒެއްގައި ޙަވަލުކުރެވޭ މަސައްކަތް ކުރުން.
- ޕްރޮގްރާމްގެ ތެރެއިން ޚާއްޞަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ރެސިޑެންޓުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ފެސިލިޓީގައި ހިންގޭ ޕްރޮގްރާމްތައް ރޭވުމުގައި އެހީތެރިވުމާއި، އެފަދަ ޕްރޮގްރާމްތައް ހިންގުމަށް ޙަވާލުވެފައިވާ ފަރާތްތަކުން އަންގާ ކަންތައްތައް އަންގާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުން.
- ތަން ހިންގުމަށާއި މުވައްޒަފުން އަމަލުކުރުމަށް ހެދިފައިވާ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.
|
ވަޒީފާގެ މުއްދަތު
|
1. ކޮންޓްރެކްޓް އުޞޫލުން 1 (އެކެއް) އަހަރު ދުވަސް، ފުރަތަމަ 3 މަސް ދުވަހަކީ ޕްރޮބޭޝަން 3 މަސް ދުވަސްކަން، ޕްރޮބޭޝަން 3 މަސް ދުވަސް ހަމަވުމުން މަސައްކަތަށް ރަނގަޅުނަމަ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު ބާކީ އޮތް 9 މަސްދުވަހަށް ކޮންޓްރެކްޓް ކުރިޔަށް ގެންދެވޭނެއެވެ.
|
މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް
|
- އެން.ޑީ.އޭ ގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހެދިފައިވާ އެންމެހާ ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތުން
- މިހާރު މަސްތުވާތަކެތި ބޭނުން ނުކުރާ މީހެއްކަމުގައިވުން.
- ގަޑިއަށް ޙުރުމަތްތެރިކޮށް ހިތުމާއެކު ކަނޑައެޅިފައިވާ ގަޑިއަށް އޮފީހަށް ޙާޟިރުވުން.
- އެން.ޑީ.އޭ އިން ކުޑަކަމުދާ ތަކެތި ތަހުލީލް ކުރަން ބޭނުންވެއްޖެ ހިނދެއްގައި ކުޑަކަމުދާ ތަކެތި ނެގުމުގެ ފުރުޞަތު ދޭންވާނެއެވެ.
- ވަޒީފާ ދެވޭ ފަރާތާއި އެން.ޑީ.އޭ އާއި ދެމެދު ހެދޭ ކޮންޓްރެކްޓަށް ޙުރުމަތްތެރިކޮށް ހިތުން
- ވަޒީފާގެ ސިއްރު ހިފެހެއްޓުން
- ހަވާލުކުރެވޭ މަސައްކަތް ލަޔާގަތާއި ޤާބިލްކަން ހުރިމިންވަރަކުން ދުވަހުން ދުވަހަށް ނިންމަވަންވާނެއެވެ.
|
ފެންވަރު ނުވަތަ ޝަރުތު
|
ތައުލީމީ ފެންވަރު:
- ގްރޭޑް 7 ނިންމާފައިވުން ނުވަތަ
- މިދާއިރާއިން ލެވެލް 03 ގެ ސެޓްފިކެޓެއް އޮތުން ނުވަތަ
- މިދާއިރާއާއި ގުޅޭ (އެން.ޑީ.އޭއިން) ކުރިއަށްގެންދާ ތަމްރީނެއް (48 ގަޑިއިރުގެ) ފުރިހަމަކޮށްފައިވުން ނުވަތަ
- އައުޓް ރީޗް ވޯކަރއެއްގެ ގޮތުގައި މަދުވެގެން 01 (އެކެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ
- އޮންދަރ ޖޮބް ޓްރެއިނީ ގްރޭޑް1 މަޤާމުގައި މަދުވެގެން 1 (އެކެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއިއެކު މަސައްކަތުގެ ޕާރފޯމަންސްއިން %85 އިންސައްތަ މަތިން މާރކްސް ލިބިފައިވުން.
މީގެ އިތުރުން ތިރީގައި މިދަންނަވާ ކަންތައްތަކަށް އިސްކަންދެވޭނެއެވެ.
- އެހެންމީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.
- އަހުލާގް ރަނގަޅު، ޒިންމާދާރު އަދި ނަމޫނާ މިސާލު (ރޯލް މޮޑެލް) ދެއްކޭ މީހެއް ކަމުގައިވުން.
- ރަނގަޅު ސިއްހަތެއްގައި ހުރި މީހަކަށްވުމާއި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން.
ނޯޓް: މިމަޤާމަށް ހޮވޭ ފަރާތްތަކުން ޕޮލިސް ރިޕޯޓް އަދި މެޑިކަލް އެގްޒަމިނޭޝަންސް ހުށަހަޅަންވާނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް" ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް"
- ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
- މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚްތައް އެގެން އޮންނަންވާނެއެވެ.)
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
|
2021 ފެބުރުވަރީ 17 ވާ ބުދަ ދުވަހުގެ 12:00 މި މަޤާމަށް ކުރިމަތިލެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ސިޓީ ހުށަހަޅުއްވާނީ ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސް އަށެވެ. ނުވަތަ ނޭޝަނަލް ޑްރަގް އޭޖެންސީ (ގ. ގްރީންގެ) އަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނެ ނަންބަރަކީ 3039016 އެވެ.
29 ޖުމާދަލްއާހިރު 1442
11 ފެބުރުވަރީ 2021
|