މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ޚާއްޞަ އަސްކަރީ ތަމްރީނުތަކެއް ބޭއްވުން

  އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ ޚާއްސަ ތަމްރީނުތަކެއް 14 ފެބްރުވަރީ 2021 އިން 17 ފެބްރުވަރީ 2021 އަށް ކޮންމެ ދުވަހުގެ 06:00 އިން 18:00 އަށް ހުޅުލޭގެ އިރުމަތީ ފަރާތުން 07 ނޯޓިކަލް މޭލު ބޭރުގައި ބޭއްވުމަށް ވަނީ ރޭވިފައެވެ. މި ތަމްރީނުތަކުގައި ހުޅުލޭގެ އިރުން 07 މޭލު ބޭރުގައި ބަޑިޖެހުމަށް ހަމަޖެހިފައިވާތީ، އެކަމުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

ތަމްރީނުގައި ވައިގެ ސަރަޙައްދު ބޭނުންކުރާނެ ގޮތުގެ ތަފްޞީލް

 

1. ބޭނުންކުރާ ހަތިޔާރު/ ޕައިރޯޓެކްނިކްސް:                  

މެޝިން ގަން ފަޔަރިންގ

2. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ދުރުމިން:               

5000 މީޓަރ

3. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ އުސްމިން:              

100 މީޓަރ

4. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ތިރިމިން:

ސީ-ލެވެލް

5. ވައިގެ ސަރަޙައްދު ބޭނުންކުރާނެ ޑައިރެކްޝަން:

ހުޅުލޭ އިރުން 07 މޭލު ބޭރުގައި

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

11 ފެބުރުވަރީ 2021
ހޯދާ