މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ލީގަލް ކައުންސެލް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ 

 

                                                      އިޢުލާން ނަންބަރު:IUL)MMPRC-HR/1/2021/6)

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: ލީގަލް ކައުންސެލް

މުސާރަ (މަހަކު) :-/13,800 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް:-/4,600 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް:-/4,600 ރުފިޔާ މަހަކު

- ކޮމްޕެނީ ސެކެޓްރީ އެލަވަންސް: -/2,460 ރުފިޔާ މަހަކު 

ނޯޓް: (މި މަޤާމުގެ މުސާރައަށް ވަނީ ކޮވިޑްގެ ހާލަތާއި ގުޅިގެން ތިރިގައި އެވާ ބަދަލު ގެނެވިފައެވެ. އަދި ކޮވިޑް-19 ގެ ހާލަތު ރަނގަޅުވުމުން މަޤާމުގެ އަސްލު މުސާރަ އިއާދަ ކުރެވޭނެއެވެ.

މުސާރަ (މަހަކު) :-/13,110 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް:-/4,370 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް:-/4,370 ރުފިޔާ މަހަކު

- ކޮމްޕެނީ ސެކެޓްރީ އެލަވަންސް: -/2,460 ރުފިޔާ މަހަކު)

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ސްޓްރެޓެޖިކް ޕްލޭނިންގ އެންޑް ލީގަލް ސަރވިސް / ލީގަލް ސަރވިސް

ބޭނުންވާ އަދަދު: 1

1- ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. ޤާނޫނީ ދާއިރާއިން (ޝަރީޢާ އެންޑް ލޯ ނުވަތަ ލޯ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ޤާނޫނީދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ސީނިއަރ މަގާމެއްގައި ލިބިފައިވުން (ނުވަތަ)

ށ. ޤާނޫނީ ދާއިރާއިން (ޝަރިއްޔާ އިން ލޯ ނުވަތަ ލޯ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 8 (ގްރެޗުއޭޓް ޑިޕްލޮމާ/ޕޯސްޓް ގްރެޗުއޭޓް ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ޤާނޫނީދާއިރާއިން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ސީނިއަރ މަގާމެއްގައި ލިބިފައިވުން (ނުވަތަ)

ނ. ޤާނޫނީ ދާއިރާއިން (ޝަރިއްޔާ އިން ލޯ ނުވަތަ ލޯ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ބެޗްލާސް ހޮނާސް ޑިގްރީ/ބެޗްލާސް ޑިގްރީ/ޕްރޮފެޝަނަލް ޑިޕްލޮމާ/ ޕްރޮފެޝަނަލް ސެޓްފިކެޓް)ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ޤާނޫނީދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ސީނިއަރ މަގާމެއްގައި  ލިބިފައިވުން.

 

މީގެ އިތުރުން:

 ރ. ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަމުގައި ވުން.

 

މީގެ އިތުރުން މި މަޤާމަށް ކުރިމަތިލާ ފަރާތަކީ:

ހ. އެއްބަސްވުން ޑްރާފްޓްކުރުމާއި، ޤާނޫނީ ލަފާ ދިނުމުގެ ތަޖުރިބާ ހުރި ފަރާތެއްކަމުގައިވުން.

ށ. ކޮމްޕެނީ ސެކްރެޓަރީގެ މަސްއޫލިއްޔަތުތަކަށް އަހުލުވެރި ފަރާތެއްކަމުގައިވުން.

ނ. ޓީމް ބިލްޑް ކުރުމައީ، ކޯޕަރޭޝަންގެ މަޤުޞަދު ހާސިލްކުރުމަށް މަގުދެއްކުމުގެ ޤާބިލުކަން ހުރި ފަރާތެއްކަމުގައިވުން

ރ. ކަންކަމާއިމެދު ފުންކޮށް ވިސްނުމުގެ ހުނަރާއި ޤާބިލުކަން ހުރުން

ބ. އަމިއްލަ އިސްނެގުމާއި އަދި ކޯޕަރޭޝަނުން ޚިދުމަތް ލިބިގަންނަ ފަރާތްތަކާ މުޢާމަލާތް ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރުން

ޅ. އަމިއްލަ އިސްނެގުމުގެ ދަށުން މައްސަލަ ހައްލުކުރުމުގެ ހުނަރާއި ޤާބިލުކަން ހުރުން

ކ. ކަންކަމާއިމެދު މަޝްވަރާކުރުމާއި އަދި މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ހުރަނާއި ޤާބިލުކަން ހުރުން

އ. ފަރިތަކަމާއެކު ދިވެހި އަދި އިނގިރޭސިބަހުން ލިޔުމާއި ވާހަކަ ދެއްކުމުގެ ހުނަރު ހުރި ފަރާތެއްކަމުގައި ވުން

2- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ލީގަލް ސަރވިސް ސެކްޝަންގެ މަސައްކަތްތައް ހަރުދަނާކަމާއެކު ކުރިއަށް ގެންދިނުމަށް ބޭނުންވާ ސްޓްރެޓެޖީތައް އެކުލަވާލުމާއި ތަންފީޒުކުރުން.
  2. ސީނިއަރ މެނޭޖްމެންޓުގެ ލަފައާއި އެއްގޮތައް ކޯޕަރޭޝަންގެ މަޤުސަދު ހާސިލްކުރުމަށް ސެކްޝަނުގެ މަސައްކަތްތައް ހަރުދަނާކަމާއެކު ހިންގުން.
  3. މި ކޯޕަރޭޝަނަށް ބޭނުންވާ އެންމެހާ ޤާނޫނީ ލަފާދިނުމާއި ޤާނޫނީގޮތުން ކުރިއަށްގެންދަންޖެހޭ އެންމެހާ ކަންތައްތައް ކުރިއަށްގެންދިއުމާއި އެންމެހާ ރެކޯޑްސް ޤަވާއިދުން ބެލެހެއްޓުން.
  4. ކޯޕަރޭޝަނުގެ އެކްސްޓަރނަލް ލީގަލް ކައުންސެލްއަށް މުޢާމަލާތު ކުރުމާއި ދޭންޖެހޭ މަޢުލޫމާތު ހިއްސާކޮށް ރެކޯޑްސް ބެލެހެއްޓުން.
  5. މިކޯޕަރޭޝަނުގެ އެންމެހާ ޤާނޫނީ މައްސަލަތަކުގެ ރެކޯޑް ބެލެހެއްޓުން.
  6. މިކޯޕަރޭޝަނުން އެކި ފަރާތްތަކާއި އެކު އެއްބަސްވެވޭ އެގްރީމަންޓްތައް ޑްރާފްޓްކުރުމާއި ފައިނަލް ކުރުން.
  7. ކޯޕަރޭޝަނުގެ މަސައްކަތްތައް ހަރުދަނާކަމާއިއެކު ކުރިއަށް ގެންދިއުމަށް ބޭނުންވާ ޕޮލިސީތައް ޑްރާފްޓް ކުރުމާއި ޤާނޫނީ ލަފާދިނުން.
  8. މި ކޯޕަރޭޝަނުގެ ކޮމްޕެނީ ސެކްރެޓަރީގެ އެންމެހާ ޒިންމާތަކާއި ވާޖިބުތައް އަދާކުރުން.
  9. ޑިރެކްޓަރުންގެ ބޯޑުގެ އިދާރީ އެންމެހާ ކަންތައްތައް ޒިންމާދާރުކަމާއެކު ކުރިއަށް ކުރިއަށްގެންދިއުން.
  10. ނަޒާހަތްތަރިކަމާއި، އެންމެން ގުޅިގެން މަސައްކަތްތައްކުރާ ވެއްޓެއް ޤާއިމްކުރުން.
  11. ކޯޕަރޭޝަންގެ މަޤުޞަދުތައް ޙާސިލްކުރުމަށްޓަކައި ފޯރުކޮށްދޭންޖެހޭ އެންމެހާ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން
  12. ސެކްޝަނުގެ ޕޮލިސީތަކާއި ޕްރޮސީޖަރތައް އެހެން ޑިޕާރޓްމެންޓްތަކަށް ބުނެދިނުމާއި، އެކަންކަމަށް މުވައްޒަފުން އަހުލުވެރިކުރުވުން
  13. ދުވަހުން ދުވަހަށް އަދި މަހުން މަހަށް ސެކްޝަނުން ނިންމަންޖެހޭ ރިޕޯޓްތައް ނިންމަންޖެހޭ ދުވަހަށް ތައްޔާރުކުރުން.
  14. ސީނިއަރ މެނޭޖްމެންޓަށް ލީގަލް ސެކްޝަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ހިއްސާކުރުން.
  15. ލީގަލް ސެކްޝަނުގެ އަހަރީ ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ކުރުން
  16. ލީގަލް ސެކްޝަންގެ އެސް.އޯ.ޕީސް ތައްޔާރުކުރުމާއި، އެސް.އޯ.ޕީތަކަށް އަންނަ ބަދަލުތަކާ އެއްގޮތަށް ބަދަލުކޮށް ތަންފީޒުކުރުން
  17. މިކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ބައިވެރިވެ ޙަރަކާތްތެރިވުން.

3-  ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 18 ފެބްރުއަރީ 2021 ވަނަ ވާ ބުރާސްފަތި ދުވަހުގެ 1500 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4 - ހުށައަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ޤާނޫނީ ވަކީލެއްގެ ހައިޘިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދައިގެ ކޮޕީ.

- ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ) .

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން.

-  ޕޮލިސް ރިޕޯޓް

5 - އިތުރު މަޢްލޫމާތު:

  • މިމަޤާމަށް މީހަކު ހޮވުމުގައި އެސް.އޯ.އީ ކޯޕަރޭޓް ގަވަނަންސް ކޯޑަށް އަހުލުވެރި އަދި ކޮމްޕެނީ ސެކްރެޓަރީގެ މަޤާމު އަދާކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • މި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • އިންޓަރވިއުއަށް ގުޅާނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.
  • މި މަޤާމަށް އެދިހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://corporate.visitmaldives.com/downloads/ ) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

  6- އެޑްރެސް ކުރައްވާނީ:

ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

11 ފެބުރުވަރީ 2021
ހޯދާ