ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަހައްދުކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

ޢިޢުލާން

މި އިދާރާއިން ބަލަހައްޓަމުންގެންދާ އިޖްތިމާޢީ ސަރަހައްދުކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް  ހޯދުމަށް ބޭނުންވެއްޖެއެވެ.

 

ބޭނުންވާ ޢަދަދު

1 (އެކެއް)

މުއްދަތު

1 މާރިޗު 2021 ން 31 މާރިޗު 2022 ށް

މަގާމުގެ  މަސްއޫލިއްޔަތާއި ވާޖިބުތައް:

  • މި އިދާރާއިން އަންގާގޮތެއްގެ މަތިން ރަށުގެ އިޖްތިމާޢީ ސަރަހައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން

މަސައްކަތްކުރަންޖެހޭ ތަން:

ކެޔޮދޫ ކައުންސިލްގެ އިދާރާ

ޝަރުޠު

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން

މަސައްކަތްކުރުމަށް އެންމެ ޤާބިލް ފަރާތްތައް ހޮވުމަށްބެލޭނެ ކަންތައްތައް:

  1. މަސައްކަތު އަގަށް: %60
  2. މަސައްކަތު ތަޖުރިބާ:%20
  3. އެންމެ ރަނގަޅު ހުށަހެޅުމަކަށް:%20

މަޢުލޫމާތު ސާފުކުރުން އޮންނާނެތަނާއި، ގަޑި:

މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 15 ފެބުރުވަރީ 2021 ވާ ހޯމަ  ދުވަހުގެ 11:00 ގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުންއެދެމެވެ.

އެދެންވީ ގޮތާއި ސުންގަޑި:

 

17 ފެބުރުވަރީ 2021 ވާ ބުދަ ދުވަހުގެ 11:00 ގައި އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "އިޖްތިމާއީސަރަހައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ އަންދާސީ ހިސާބު" މިހެންލިޔުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6700601 ނަންބަރު ފޯނާއެވެ. އީ މެއިލް އެޑްރެހަކީ info @keyodhoo.gov.mv އެވެ.

11 ފެބުރުވަރީ 2021
ހޯދާ