ހުރަވީ ސްކޫލް، ހުޅުމާލެ
ދިވެހިރާއްޖެ
ޯލެވެލް އިމްތިހާންގެ ސުވާލްކަރުދާހާއި ޖަވާބު ކަރުދާސް ރައްކާކުރުމަށް ސެކިޔުރިޓީ ރޫމް ހެދުމަށް

~

 

ހުރަވީ ސްކޫލް

 

     މާލެ،

   ދިވެހިރާއްޖެ.

                                       އިޢުލާން ނަންބަރ: (IUL)HUR/1/2021/9

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މި ސްކޫލްގައި އޯލެވެލް އިމްތިހާންގެ ސުވާލްކަރުދާހާއި ޖަވާބު ކަރުދާސް ރައްކާކުރުމަށް ސެކިޔުރިޓީ ރޫމް ހެދުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

 

މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ފެބްރުއަރީ 16 ވާ  އަންގާރަ ދުވަހުގެ 11:30 ގައި މިސްކޫލްގައެވެ.

 

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2021 ފެބްރުއަރީ 23 ވާ އަންގާރަ ދުވަހުގެ 11:30 ގައި މިސްކޫލްގައެވެ.

 

މި ކަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014)  އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

މައުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހުރަވީ ސްކޫލް

ފޯން: 3350714 / 3350704

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

 

11 ފެބްރުއަރީ 2021

11 ފެބުރުވަރީ 2021
ހޯދާ