ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫން ގޯތި ދޫކުރުން، (ގައިޑްލައިނާއި، ލިޔެކިޔުންތަކަށް ޚިޔާލު ހުށައެޅުމުގެ ފުރުސަތު)

                  ކުޑަހުވަދޫން ގޯތި ދޫކުރުމައްޓަކައި، ތައްޔާރު ކުރެވިފައިވާ، ގައިޑްލައިން، ފޯމް، ޕޮއިންޓްޝީޓް، އަދި ފޯމާމެދު ނިންމި ގޮތުގެ ރިޕޯޓަށް ޚިޔާލު ހުށައެޅުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލަމެވެ.  ކުޑަހުވަދޫން ގޯތި ދޫކުރުމަކީ ރައްޔިތުންނާއި ވަރަށްބޮޑަށް ގުޅުންހުރިކަމަކަށްވެފައި، އެކަމަށް ހެދޭ ޤަވާއިދާއި އުޞޫލުތަކުގައި ރައްޔިތުންގެ ޚިޔާލު ހިމެނުމަކީ، ހަމަހަމަކަމާ އިންސާފާއި، ހާމަކަން ޔަޤީންކޮށްދިނުމާއެކު، މިކަންއިތުރަށް ފުރިހަމަވެގެންދާނެ ކަމެއްކަމަށް ފެންނާނީ، މިހާރު ތައްޔާރު ކުރެވިފައިވާ ގައިޑްލައިނާއި، އެހެން ލިޔުންތަކަށް ވީހާ ގިނަ ފަރާތްތަކަކުން، ޚިޔާލު ހުށައެޅުމަށް ދަންނަވަމެވެ.

                  ކުޑަހުވަދޫން ގޯތި ދޫކުރުމަށް ތައްޔާރު ކުރެވިފައިވާ އެންމެހާ ލިޔެކިޔުންތައް މިއިޢުލާނާއެކު ގެޒެޓްގައި ޙިއްސާކުރެވިފައިވާނެއެވެ. އަދި މިއިދާރާގެ ފޭސްބުކް ޕޭޖުންވެސް ފެނިވަޑައިގަންނަވާނެއެވެ. ޚިޔާލު ހުށައެޅުއްވުމުގެ ސުންގަޑިއަކީ، 2021 ފެބްރުއަރީ 18 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

                  ޚިޔާލު ހުށައެޅުއްވުމަށް މެއިލް ކުރައްވާނީ، [email protected] އަށެވެ. މީގެ އިތުރުން، މިއިދާރާއިން ފޯމް ނަންގަވާ ހުށައެޅުއްވުމުގެ ފުރުސަތުވެސް އާއްމުކޮށް ހުޅުވާލެވިފައިވާނެއެވެ. އަދި ގޫގުލް ފޯމް މެދުވެރިކޮށްވެސް ޚިޔާލު ހުށައެޅުމުގެ ފުރުސަތު އޮންނާނެއެވެ. ގޫގުލް ފޯމް މިއިދާރާގެ ފޭސްބުކް ޕޭޖް https://www.facebook.com/dhaal.kudahuvadhoo.council ގައި  ހިމަނާފައިވާނެއެވެ.

10 ފެބުރުވަރީ 2021
ހޯދާ