މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ލޮޖިސްޓިކަލް އޮޕަރޭޝަން ޑިވިޜަނަށް ބޭނުންވާ މަޤާމްތައް

މަޤާމް:

ވެލްޑަރ

ބޭނުންވާ އަދަދު:           

  • 02

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • 13,464ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ.
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.

ޕެންޝަން ސްކީމް

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • ޑްރެޖަރ - ޖައްރާފާ 03

ޝަރުޠު:                 

  • އެޑްވާންސް ސެޓްފިކެޓް އިން ވެލްޑިންގް ނުވަތަ
  • މި ދާއިރާއިން މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
  • މި މަސައްކަތަށް ޝައުގުވެރިކަން ހުރުމާއި، ހީވާގި ކަމާއިއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

  • ރަނގަޅު ފެންވަރުގައި ވެސެލްތަކަށް ބޭނުންވާ ވެލްޑިންގ މަސައްކަތްކުރުން، ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމުން.
  • މިމަޤާމުގެ މަސްޢޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

މަޤާމް:

ވެލްޑަރ (ކްލާސް)

ބޭނުންވާ އަދަދު:           

  • 01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • 28،720ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ.
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.

ޕެންޝަން ސްކީމް

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • ޓްރެއިލިން ސަކްޝަން ހޮޕަރ ޑްރެޖަރ – މަހާ ޖައްރާފް
  •  

ޝަރުޠު:                 

  • ވެސެލްއެއްގައި ވެލްޑަރ މާޤާމުގައި، މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • އަންލިމިޓެޑް ޓަނޭޖްގެ އުޅަނދެއްގައި ވެލްޑަރ މަގާމު އަދާކުރުމަށް ބެނުންވާ ސެޓްފިކެޓްތައް STCW  މެނީލާ 2010 ގެ މިންގަޑަށް ފުރިހަމަކޮށްފައިވުން.
  • އިންޖީން ރޭޓިން ސެޓްފިކެޓް ލިބިފައިވުން
  • މުއްދަތު ހަމަނުވާ ސީ.ޑީސީ ލިބިފައިވުން.
  • ILO/MLC 2006 ގެ މިންގަނޑަށް ސަރޓިފިކެޓް އޮފެ މެޑިކަލް ފިޓްނެސް ލިބިފައިވުން.  
  • ކަމާބެހޭ އިކުއިޕްމަންޓާއި އިންސްޓްރުމެންޓޭޝަން ބޭނުންކުރުމަށް ފަރިތަވުން.
  • ތިލަ ފަޅުތަކުގައި ނިޔަމިކަން ކުރުމުގެ ޤާބިލްކަން ލިބިފައިވުން.
  • މި މަސައްކަތަށް ޝައުގުވެރިކަން ހުރުމާއި، ހީވާގި ކަމާއިއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން
  •  

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

  • ރަނގަޅު ފެންވަރުގައި ވެސެލްތަކަށް ބޭނުންވާ ވެލްޑިންގ މަސައްކަތްކުރުން، ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމުން.
  • މިމަޤާމުގެ މަސްޢޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

 

އިންޓަރވިއު:

  • މަގާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 20 ފެބްރުއަރީ 2021 ން 30 ފެބްރުއަރީ 2021 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއާއިއެކު “[email protected]” އީމެލއިލް މެދުވެރިކޮށް  19 ފެބްރުއަރީ 2021 ވަނަ ދުވަހުގެ 00:00 ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

ވެބްސައިޓް:  https://mtcc.mv/careers/

ފޯން: 3001100/ 3001120 / 3001149 

  

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

                                  

 

 

09 ފެބްރުއަރީ 2021

09 ފެބުރުވަރީ 2021
ހޯދާ