މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
މަދަނީ ޖަމްޢިއްޔާތަކަށް ދޫކުރާ އެހީ

                          އިޢުލާން

މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުން

      މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް މިއަދުން ފެށިގެންވަނީ ހުޅުވާލެވިފައެވެ. އެހީއަށް އެދި ހުށަހެޅޭނީ ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިނގަމުންދާ ޖަމްޢިއްޔާތަކަށް އެކަންޏެވެ. މިގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ ހަމައެކަނި ސަރުކާރުގެ ސިޔާސަތުތަކާއި، އަދި ރަށު/އަތޮޅު/ސިޓީ ތަރައްޤީގެ ޕްލޭންގައި ހިމެނޭ ކަންކަން ޙާޞިލުކުރުމަށް އެހީތެރިވެދޭ މަޝްރޫޢުތައް ހިންގުމަށެވެ. މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ޖެނެރަލް ޕްރޮޖެކްޓް ގްރާންޓް އަދި ސްމޯލް ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައެވެ. އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުމަށް ހުށަހެޅޭ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އުޞޫލާއި، އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ބައިތައް މި އިޢުލާނާއެކު ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް  www.youth.gov.mvގައި ޝާއިޢު ކުރެވިފައިވާނެއެވެ.

ގްރާންޓްގެ ނަން:

  1. ޖެނެރަލް ޕްރޮޖެކްޓް ގްރާންޓް
  2. ސްމޯލް ޕްރޮޖެކްޓް ގްރާންޓް

 ޕްރޮޕޯސަލް ފޯމް ލިބެން ހުންނާނެތަން:

  www.youth.gov.mv ވެބްސައިޓުން

  ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ތާރީޚް: 28 ފެބްރުއަރީ 2021 ވަނަދުވަހުގެ 13:00ގެ ނިޔަލަށް

ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން: [email protected] އީމެއިލް މެދުވެރިކޮށެވެ.

 ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި:

- ޖަމްޢިއްޔާގެ ރަޖިސްޓްރީ ކޮޕީ

ނޯޓް:

  • ކޮންމެ ޖަމްޢިއްޔާއަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯސަލެވެ.
  • ޕްރޮޕޯސަލް ހުށަހަޅަންވާނީ މި މިނިސްޓްރީން  ދީފައިވާ ޓެމްޕްލޭޓާއި އެއްގޮތަށް ދިވެހި ބަހުންނެވެ.
  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ 7662474، 7556883،7905784  ނަންބަރާއެވެ.
13 ޖަނަވަރީ 2021
ހޯދާ