މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރޮޖެކްޓް މެނޭޖަރ

 

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

  މާލެ، ދިވެހިރާއްޖެ

 

އިއުލާން ނަމްބަރު:475/475/2021/51(IUL)

 

ވަޒީފާގެ ފުރުސަތު

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަމުންދާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު'  ޕްރޮޖެކްޓަށް ޕްރޮޖެކްޓް މެނޭޖަރގެ މަޤާމަށް މީހަކު ހޯދަން ކުރި IUL)475/475/2021/25 ) ނަމްބަރު އިއުލާނަށް އެކަށޭނެ މިންވަރަށް މީހުން ޝޯޓްލިސްޓް ނުވާތީ އަލުން އިއުލާންކުރީމެވެ.

މަޤާމް:        ޕްރޮޖެކްޓް މެނޭޖަރ

ބޭނުންވާ އަދަދު:    1 (އެކެއް)

މުސާރަ:  34,740.00

 

ފެންވަރު ނުވަތަ ޝަރުތު:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ފެބްރުއަރީ 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00  ގެ ކުރިން އީމެއިލް މެދުވެރިކޮށް މިމިނިސްޓްރީގެ އީމެއިލް އެޑްރެސް  [email protected] އަށް އެޕްލިކޭޝަންތައް ހުށައަޅާދެއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

އެޕްލިކޭޝަންއާއި އެކު ހުށައަޅުއްވަން ޖެހޭ ލިޔެކިޔުން:    

  1. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
  2. ސީ.ވީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ
  4. އެކްރެޑިޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރތަކުގެ ކޮޕީ (ފެށި އަދި ނިމުނު ތާރީޚުތަށް އެނގޭގޮތަށް)

 

މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މުސާރަ ކަނޑައެޅިފައިވާގޮތް އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު  މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރަންސް [email protected]  އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

 

މަޤާމަށް ހޮވުން: މި މަޤާމަށް ހޮވޭނީ ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު އިންޓަރވިއުއިން ފާސްވާ ފަރާތެކެވެ. މި މަޤާމަށް ހޮވޭ ފަރާތުން ހުށައަޅުއްވާފައިވާ ލިޔެކިޔުންތަކުގެ އަސްލާއެއްގޮތް ކަމުގެ ކޮޕީ ހުށައަޅަންވާނެއެވެ.

މި މަޤާމަށް ބޭފުޅަކު ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖޫން 2016 " ގައި ވާ ގޮތުގެ މަތިންނެވެ.

 

އިތުރު މައުލޫމާތު ހޯއްދެވުމަށް އަދި ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

 

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

ފެން ބިލްޑިން، 2 ވަނަ ފަންގިފިލާ

އީމެއިލް : pmu@mohe.gov.mv 

 

09 ފެބުރުވަރީ 2021
ހޯދާ