ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސްތަކުގެ ވެރިފަރާތް ހޯދުމަށް

މިރަށު ބްލޫޑައިމަންޑް ގޯއްޗާއި އިންވެގެން އުތުރަށް އޮތް ހުސްބިމުގައި ހުރި ރުއްގަސްތަކުގެ ވެރިފަރާތެއް ހޯދުމަށް މިވަނީ ބޭނުންވެފައެވެ.

 

        ވީމާ ، މި ދެންނެވި ބިންތަކުގައިވާ ރުއްގަސްތަކުގެ ވެރިފަރާތެއް ވާނަމަ 14 ފެބްރުއަރީ 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ރުއްގަސްތަކުގެ އަދަދު އެނގޭގޮތަށް ސިޓީ އަކުން މިކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ މި އިދާރާގެ އީމެއިލް [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. 

މިދެންނެވި ތާރީޚާއި ހަމައަށް އެއްވެސް ފަރާތަކުން ސިޓީ ހުށަހަޅާފައި ނުވާނަމަ މިދެންނެވި ސަރަހައްދުގައި ހުރި ރުއްގަސްތަކުގެ ވެރިފަރާތެއް ނެތްކަމަށް ބަލައި ނައްތާލެވޭނެއެވެ.

09 ފެބުރުވަރީ 2021
ހޯދާ