މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ނޫ ރާއްޖެ ޕްރޮގްރާމް

ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެއްކަމަށްވާ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން އާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ [ނޫ ރާއްޖެ ޕްރޮގްރާމް] އަކީ ރާއްޖޭގެ ކަނޑުގެ މާހައުލު ރައްކާތެރި ކުރުމާއެކު، ކަނޑުތަކުގެ ވަސީލަތްތަކުން ލިބޭ އިޤްތިޞާދީ ފައިދާ އިތުރުކުރުމުގެ މަޤްޞަދުގައި މެރިން ސްޕޭޝަލް ޕްލޭނެއް އެކުލަވާލުމަށް ހިންގޭ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ދަށުން ތިރީގައި ބަޔާންކުރެވިފައިވާ ދެމަޤާމަށް ޝައުގެވެރިވާ ފަރާތްތައް [ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު] މިމިނިސްޓްރީއިން ހުޅުވާލަމެވެ.

 

 މަޤާމް:           ކޮންސަލްޓަންޓް ޓު ޑިވެލޮޕް ކޮމްޕެންޑިއަމް އޮފް މެރީން ސްޕެޝަލް ޕްލޭނިންގް ޓާރގެޓްސް ރެލަވަންޓް ޓު ދަ މޯލްޑިވްސް

ބޭނުންވާ ޢަދަދު:       1    

ގިންތި:             ކޮންޓްރެކްޓް

މުއްދަތު:            1 މަސް

މުސާރަ:             މުޅި މުއްދަތަށް 500/- އެމެރިކާ ޑޮލަރުގެ ނިސްބަތުން  

 

މަޤާމުގެ ޝަރުތު:

  1. މެރިން ނުވަތަ ފިޝަރީޒް ސައިންސް، އެންވަޔަރަންމަންޓަލް ސައިންސް، އެންވަޔަރަންމަންޓަލް ޕޮލިސީ، އިކޮނޮމިކްސް، ލޯ ނުވަތަ މިނޫންވެސް ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވަގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • މިމަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލް (ޓަރމްސް އޮފް ރެފެރެންސް) ގެޒެޓް ވެބްސައިޓުން އަދި މި ލިންކުން (https://connect.mihaaru.com/6220) ޑައުންލޯޑް ކުރެވޭނެއެވެ.

 

-------------------------------

 

މަޤާމް:             ސްޕޭޝަލް އެންޑް ޓެމްޕޯރަލް ކެރެކްޓަރައިޒޭޝަން އޮފް ކޯސްޓަލް ޑިވެލޮޕްމަންޓް އެންޑް އިންފްރާސްޓްރަކްޗަރ

ބޭނުންވާ ޢަދަދު:        1    

ގިންތި:             ކޮންޓްރެކްޓް

މުއްދަތު:            6 މަސް

މުސާރަ:             މުޅި މުއްދަތަށް 4000/- އެމެރިކާ ޑޮލަރުގެ ނިސްބަތުން 

 

މަޤާމުގެ ޝަރުތު:

  1. މެރިން ނުވަތަ ފިޝަރީޒް ސައިންސް، އެންވަޔަރަންމަންޓަލް ސައިންސް، ޕޮލިސީ، އިކޮނޮމިކްސް، ލޯ ނުވަތަ މިނޫންވެސް ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވަގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • މިމަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލާއި އިތުރު އިނާޔަތްތަކުގެ ތަފްޞީލް (ޓަރމްސް އޮފް ރެފެރެންސް) ގެޒެޓް ވެބްސައިޓުން އަދި މި ލިންކުންhttps://connect.mihaaru.com/6221) ) ޑައުންލޯޑް ކުރެވޭނެއެވެ.

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

  • މިމަޤާމްތަކަށް ޤާބިލު ފަރާތްތައް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރެފެރެންސްގައި ހިމެނިފައިވާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
  3. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 15 ފެބުރުވަރީ 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ވެއިޓް އިންސްޓިޓިއުޓްގެ ޕްރޮގްރާމް މެނޭޖަރ، ރޮބިން ރަމްދީން ([email protected]) އަށް އަދި ނޫރާއްޖެ ސައިޓް މަނޭޖަރ، ފާޠިމަތު ނިސްތަރަން ([email protected]) އަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 7944566 ނަމްބަރު ފޯނާ ގުޅުއްވުން އެދެމެވެ. އީމެއިލް ކުރާނީ  [email protected] އަށެވެ.

 

                              27 ޖުމާދަލްއާޚިރާ 1442

09 ފެބުރުވަރީ 2021
ހޯދާ