މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ކޮންޓްރެކްޓް މަސައްކަތު މަޤާމުތަކަށް މީހުން ހޯދުން.

އެމް.އެން.ޑީ.އެފްގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރުމަށްޓަކައި، މި ދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ.

ބޭނުންވާ ދާއިރާ/ޔުނިޓް

ބޭނުންވާ އަދަދު

އާއްމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

މާލެ އޭރިއާ / ހުޅުލެ ޕޯސްޓް

1

ހުޅުލެ

ކްއާޓަރ މާސްޓަރ ސަރވިސް

1

މާލެ

ސަޕްލައި އެންޑް ޓްރާންސްޕޯޓް ސަރވިސް

3

މާލެ

ސެންޓްރަލް އޭރިޔާ ލ. ކައްދޫ ޕޯސްޓް

2

ލ. ކައްދޫ

ސަދަން އޭރިއާ / ސ. ގަން ޕޯސްޓް

1

އައްޑޫ ސިޓީ ގަން

މަޤާމު:

މަސައްކަތު

މުސާރަ:

(މަހަކު) -/4865 ރުފިޔާ  

ސަރވިސް އެލަވަންސް:

(މަހަކު) -/1000 ރުފިޔާ

އިތުރު އިނާޔަތްތައް

މި މަޤާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35% އާއި، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

 

އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއެކު، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

އެމް.އެން.ޑީ.އެފްގެ ސަރަހައްދުތަކުގައިވާ އެންމެހާ އިމާރާތްތަކާއި ގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކުރުމާއި ފާޚާނާތަކާއި، ޖަންކުޝަންތައް ސާފުކޮށް ބެލެހެއްޓުން. އަދި ގަސްތައްކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.

ވަޒީފާއަށް އެދެންވީގޮތާއި ސުންގަޑި

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ ސިޓީއަކުން، 2021 ފެބުރުވަރީ 16 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން،        މި މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް ނުވަތަ ފެކްސް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3325525 އެވެ.  އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ.

27 ޖުމާދަލްއާޚިރާ 1442

09 ފެބުރުވަރީ 2021
ހޯދާ