ދިވެހިރާއްޖެ
ނަންބަރު: IUL)38-AB/38/2021/35)
އިޢުލާން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2020 އާއި ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް - ސީނިއަރ އޮފިސަރ - ގްރެފިކް ޑިޒައިނަރ (އެމް.އެސް 1) އަށް ކުރިން ކޮށްފައިވާ ނަންބަރު:IUL)38-AB/38/2020/21) އިޢުލާނާ ގުޅިގެން އެކަށީގެންވާ ޢަދަދަށް ޝަރުޠުހަމަވާ މީހުން ކުރިމަތިލާފައި ނުވާތީ، އަލުން އިޢުލާނު ކުރީމެވެ. |
|
މަޤާމް: |
ސީނިއަރ އޮފިސަރ – ގްރެފިކް ޑިޒައިނަރ (އެމް.އެސް 1) |
ބޭނުންވާ ޢަދަދު: |
02 (ދޭއް) |
އަސާސީ މުސާރަ: |
މަހަކު 5610.00 (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ) |
ސާރވިސް އެލަވަންސް: |
މަހަކު 2000.00 (ދެހާސް ރުފިޔާ) |
ދުވަހު އެލަވަންސް: |
މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 170.00 (ސަތޭކަ ހަތްދިހަ ރުފިޔާ) |
ވަޒީފާގެ ބާވަތް: |
ކޮންޓްރެކްޓް |
އިތުރު ގަޑި ފައިސާ: |
އިތުރު ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ |
މަސައްކަތުގެ ވަގުތު: |
އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން. |
ފެންވަރު ނުވަތަ ޝަރުޠު: |
|
|
|
އެހެނިހެން ޝަރުތު: |
|
|
|
މަޤާމާ ގުޅޭ ދާއިރާ އަކީ ގްރެފިކް ޑިޒައިނިންގ ދާއިރާ އާއި ގުޅުންހުރި ދާއިރާއަކަށް ވާން ޖެހޭނެއެވެ. |
|
މަސްއޫލިއްޔަތު: |
|
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާއި ގުޅިގެން ކޮމިޝަނުން ޙަވާލުކުރާ މަސައްކަތްތައް ކުރުން:- - އިންތިޚާބާއި ގުޅިގެން ޢާންމުން ހޭލުންތެރިކުރުމަށް ބޭނުންވާ ޕޯސްޓަރސް ޑިޒައިންކުރުން. - ކެންޑިޑޭޓުން، މަންދޫބުން، މޮނިޓަރުން، އޮފިޝަލުން، ޓާސްކްފޯރސް އަދި ކޮމިޝަނުގެ މުވައްޒަފުންގެ ކާޑުގެ އިތުރުން ކޮމިޝަނުން ކަނޑައަޅާ ކާޑުތައް ތައްޔާރުކުރުން. - ޓްރެއިނިންގ މެޓީރިއަލްސް ޑިޒައިންކުރުން. - މީގެ އިތުރުންވެސް ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން އިންތިޙާބާއި ގުޅިގެން ކުރަން ޖެހޭ އެންމެހައި ކަންކަން ކުރުން. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، - ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، 3. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން: - މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ. - މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ. |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 ފެބްރުއަރީ 2021 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން، މިކޮމިޝަނުގެ އީމެއިލް އެޑްރެސް [email protected] އަށެވެ.
|
|
އިތުރު މަޢުލޫމާތު: |
|
- 2020 ވަނަ އަހަރު އިންތިޚާބުގެ މަސައްކަތްތަކަށް މިކޮމިޝަނުން ވަޒީފާ ދީފާއިވާ ފަރާތްތަކުގެ ތެރެއިން ކޮވިޑުގެ ހާލަތާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތައް މި މަޤާމަށް ކުރިމަތިލާން ބޭނުންނަމަ، ވަޒީފާއަށް އެދޭ ފޯމާއި، ލިޔެކިޔުންތައް އަދި މިކޮމިޝަނުގެ ވަޒީފާއިން ވަކި ކުރެއްވި ޗިޓު ހުށަހެޅުމުން، އެ ފަރާތުގެ ކުރީގެ މަސައްކަތުގެ ރެކޯޑަށް ބެލުމަށްފަހު، އިންޓަރވިއުއަކާ ނުލައި މި މަޤާމަށް ނެގޭނެއެވެ. - މިކޮމިޝަނުގެ ނަންބަރު IUL)38-AB/38/2021/21) (ޖަނަވަރީ, 26 2021) އިޢުލާނާ ގުޅިގެން ސެކިއުރިޓީ ކޮންސަލްޓަންޓުގެ މަޤާމަށް ކުރިމަތިލުމަށް ލިޔެކިޔުންތައް ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ކުރިމަތިލުމަށް ފޯމާއި ލިޔެކިޔުންތައް ހުށަހަޅުއްވާކަށް ނުޖެހޭނެއެވެ. - ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ. - މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ. - އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ. - މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ. - ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. |
މާކްސް ދިނުމުގައި ބަލާނެ މިންގަނޑު |
|
ބައިތައް |
މާކްސް |
ތަޢުލީމާއި ތަމްރީނު |
40 |
މަސައްކަތުގެ ތަޖުރިބާ (އާންމު) |
10 |
މަސައްކަތުގެ ތަޖުރިބާ (އިންތިޚާބު) |
5 |
އިންޓަވިޔު |
35 |
ޢަމަލީ ޓެސްޓު |
10 |
ޖުމުލަ |
100 |
ޝޯޓްލިސްޓު ކުރެވޭގޮތް:
- މެނޭޖީރިއަލް ސަރވިސްގެ ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ، ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު، ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ. މަޤާމުގެ ޝަރުޠުތައްކަމަށް ބުނެފައިވާ އަސާސީ ޝަރުޠު ފުރިހަމަވާނަމަ، ތަޢުލީމާއި ތަމްރީނަށް ކަނޑައަޅައިފައިވާ ފުރިހަމަ މާކްސް ދެވޭނެއެވެ.
- ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.
26 ޖުމާދަލްއާޚިރާ 1442