ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

 

އިޢުލާނު

 

މިޑިޕާޓްމަންޓުގެ ތިރީގައި މި ދަންނަވާ މަގާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.

 

 

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:

J-259158

މަޤާމުގެ ނަންބަރު:

1

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

ޖީ.އެސް 3

މަޤާމުގެ ރޭންކް:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް/ ކ. މާލެ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަހަކު 4465.00 ރުފިޔާ

މުސާރަ:

މަހަކު 1500.00 ރުފިޔާ

ސަރވިސް އެލަވަންސް:

 

  1. ސަޕޯޓިންގް ކޯ އެލަވަންސް 2: މަހަކު 700.00 ރުފިޔާ
  2. އިތުރުގަޑީގެ ފައިސާ: އިތުރު ގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

އެހެނިހެން އެލަވަންސް:

  1. މި ޑިޕާޓްމަންޓްގެ ސްޓޮކަށް ބޭނުންވާ އެންމެހާ ތަކެތި ހޯދުމުގެ މަސައްކަތް  ކުރުން.
  2. މިޑިޕާޓްމަންޓުން ކުރިއަށްގެންދާ އިމްތިހާންތައް ބޭއްވުމަށްޓަކައި ހޯލްތައް ތައްޔާރު ކުރުމާއި އިމްތިޙާންތަކާ ގުޅިގެން އަންނަ ބޮންޑް ކްލިއަރ ކުރުން.
  1. އޮފީހުން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތަށް ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތަށް ހޯދަންޖެހޭ ޚަރަދުކުރުމުގެ ހުއްދަ (ބަޖެޓް އެޕްރޫވަލް) ހޯދުމާއި އެކަމާ ގުޅިގެން ތައްޔާރުކުރަންޖެހޭ ފޯމުތަކާއި ލިޔުންތައް ތައްޔާރުކުރުމާއި ލިޔުންތައް ސްކޭންކޮށް އާކައިވް ކުރުމާއި ފައިލްކުރުން
  1. ދައުލަތުގެމާލިއްޔަތު ޤަވާއިދާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕްރޮކިއުމަންޓް އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ބިޑްކޮށްގެން ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތްހޯދުން
  1. އިޢުލާންކޮށްގެން ބިޑް އުޞޫލުން ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތް ހޯދުމަށް ތައްޔާރުކުރަންޖެހޭ އިޢުލާނާއި މަޢުލޫމާތު ކަރުދާސް ތައްޔާރުކުރުމާއި، މައުލޫމާތު ދިނުމާއި، ބިޑް ބަލައިގަތުން.
  1. ބިޑްތައް އިވެލުއޭޓް ކުރުމަށް ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ބިޑް އިވެލުއޭޓް                                                                     ކުރުމާއި، ބިޑް ކޮމިޓީއަށް ފޮނުވުމުގެ ކުރިން ތައްޔާރުކުރަންޖެހޭ ޗެކްލިސްޓް ތަކާއި ފޯމުތައް ތައްޔާރުކުރުމާއި، މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށް ބިޑް ކޮމިޓީއަށް ފޮނުވުން.
  1. އަހަރުން އަހަރަށް ކޮންޓްރެކްޓް ކޮށްގެން ކުރާ މަސައްކަތްތަކާއި، އިޢުލާންކޮށްގެން ހޯދޭ ތަކެއްޗާއި ޚިދުމަތަށް ތައްޔާރުކުރަންޖެހޭ އެގްރިމެންޓް ތައްޔާރުކުރުމާއި، މަސައްކަތް ޙަވާލުކުރުމާއި، ޚިދުމަތަށް އެދުނު ފަރާތަށް މަސައްކަތް ސުޕަވައިޒް ކުރުމަށް ޙަވާލުކުރުން
  1. ދަތުރު ޕްލޭންތައް ދުރާލާ ރާވާ، ދަތުރު ޝެޑިއުލްތައް ތައްޔާރުކުރުން.
  1. ދަތުރުތައް ފެށުމުގެ މަދުވެގެން 14 ދުވަސް ކުރިން ދަތުރުކޮށްދޭނެ ފަރާތްތައް ހޯދާ، ދަތުރު އިންތިޒާމުކުރުން.
  1. ވައިގެމަގުން ކުރަންޖެހޭ ދަތުރުތަކަށް ދުރާލާ ރިޒަވޭޝަންސް ހެއްދުމާއި ދަތުރު ފެށުމުގެ މަދުވެގެން 14 ދުވަސް ކުރިން ޓިކެޓް ނަގާ ނިންމުން.
  1. ދަތުރުދާނެ މުވައްޒަފުން ހަމަޖެއްސުމާއި، މުވައްޒަފުންގެ ދަތުރު އެލަވަންސްތައް ހަމަޖެއްސުން.
  1. ދަތުރުތަކުގެ ޝެޑިއުލްތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  1. ޔުނިޓުގެ ޔައުމިއްޔާ ލިޔުން
  2. މިޑިޕާޓްމަންޓުން ރާވައި އިންތިޒާމްކުރާ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން.
  3. އިމްތިޙާނުތަކާ ގުޅިގެން މިޑީޕާޓްމަންޓުން ރާވައި އިންތިޒާމްކުރާ ދަތުރުތަކުގައި ބައިވެރިވުން.
  4. އިމްތިޙާނުތަކާ ގުޅޭގޮތުން، އެވަގުތަކު ޚިދުމަތަށް އެދިގެން، ސެކްޝަން / އޮފީހުގެ ވެރިން އަންގަވާ މަސައްކަތްތައް ކުރުން.
  5. އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  • މަގާމުގެ ތަޢުލީމީ ރޮނގުތައް:  -
  • މަގާމުގެ މަސައްކަތުގެ ދާއިރާތައް: - އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް

މަޤާމުގެ ޝަރުތުތައް:

 

 

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓް ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި،ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކި ވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތަށް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކި ވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޯކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާ / ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާ ދުވަސް އެނގޭ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކި ވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތްނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ފެބްރުވަރީ 15 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް، ހ. އަސްރަފީވިލާ (މަޖިދީމަގު) 2 ވަނަ ފަންގިލާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

ޝޯޓް ލިސްޓްކުރުން:

 

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2021 ފެބުރުވަރީ 17 އާއި 25 އާ ދެމެދުގެ ތާރީޚެއްގައި، ޑިޕާޓްމަންޓް އޮފް ބަޕްލިކް އެގްޒޭމިނޭޝަންސް، ހ. އަސްރަފީވިލާ (މަޖިދީމަގު) 2 ވަނަ ފަންގިލާގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމު) ޢާންމުކޮށް ފެންނާނެހެން މިއިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިޑިޕާޓްމަންޓަށް ހުށަހަޅަންވާނެއެވެ.

''ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމު)'' ޢާންމު ކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4003977 އަށެވެ. އީ-މެއިލް ކުރާނީ   [email protected]އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަން ކުރުމުގެ އުޞޫލާގުޅޭ" http://www.csc.gov.mv/dv/recruitment-usoolu  އިން ލިބެން ހުންނާނެއެވެ.

 

     

 

          26 ޖުމާދަލްއާޚިރާ 1442

          08 ފެބުރުވަރީ  2021

08 ފެބުރުވަރީ 2021
ހޯދާ