މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ފޭދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

  • މިއިދާރާއިންދޭ މައުލޫމާތާއިއެއްގޮތައް މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއްހޯދުމަށް ކޮށްފައިވާ ނަމްބަރ: (IUL)274/INDIV/2021/14 އިޢުލާނާއިގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތައް ބާތިލްކުރުމަށްފަހު މިމަސައްކަތައް ބީލަންހުށަހެޅުމުގެ ދަޢުވަތު  މިކަމަށް ޝަރުތުހަމަވާ ރާއްޖޭގެ އެންމެހާފަރާތްތަކަށް އަލުން ހުޅުވާލަމެވެ. މިމަސައްކަތައް  ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައި ވާނެއެވެ.

 

  • ބީލަމާއިގުޅިގެންބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 09 ފެބުރުއަރީ 2021 ވާ އަންގާރަދުވަހުގެ 10:00 ގައި މިއިދާރާގެ މީޓިންގްރޫމުގައި އޮންނާނެއެވެ.

 

  • މިބީލަމާއިގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ 17 ފެބުރުއަރީ 2021 ވަނަ ދުވަހުގެ 10:00 ގެ ކުރިން މިއިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހެޅޭ ސުވާލުތަކަށް ދެވޭ ޖަވާބުތައް އެދުވަހުގެ 14:00ގެ ކުރިން ފޮނުވޭނެއެވެ.

 

  • މި ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ކަރުދާހުގެ ޖަދުވަލުތައް އަދި އަންދާސީހިސާބު ހުށަހަޅާފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެ އެވެ.

 

  • ބީލަންބަލައިގަތުން އަދި ހުޅުވުން އޮންނާނީ 21 ފެބުރުއަރީ 2021 ވާ އާދީއްތަ ދުވަހުގެ 10:00ގައި މިއިދާރާގެ މީޓިންގްރޫމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި،އިޢުލާން/ޕްރޮޖެކްޓް ނަމްބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.

 

  • ހުށަހަޅާ ބީލަންތައް ވަޒަންކުރާނެ މިންގަނޑާއި،ބީލަމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  •            އިތުރުމަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެވެ.

               މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ/ފިނިވާމަގު/ށ.ފޭދޫ

               ފޯނުނަމްބަރ: 6540045

               އީމެއިލް އެޑްރެސް:[email protected]

               ވެބްސައިޓް:www.feydhoo.gov.mv

    07 ފެބުރުއަރީ 2021

07 ފެބުރުވަރީ 2021
ހޯދާ