ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލުގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމުކުރުމަށް ތަނުގެ ސްޓަރަކްޗަރގެ (ފޭސް-1) މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

ހުޅުމާލެ ހޮސްޕިޓަލުގައި ޗައިލްޑްޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމުކުރުމަށް ތަނުގެ ސްޓަރަކްޗަރގެ (ފޭސް-1) މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

 ނަންބަރު: TENDER/HMH/2021/003

ހުޅުމާލެ ހޮސްޕިޓަލުގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމުކުރުމަށް ތަނުގެ ސްޓަރަކްޗަރގެ (ފޭސް-1) މަސައްކަތްކޮށްދޭނެ ފަރާތެއް  ހޯދަން ބޭނުންވެއެވެ.

 

މައުލޫމާތު ދިނުން ރެޖިސްޓްރޭޝަން:

މި ބިޑާއި ގުޅިގެން ބޭއްވޭ ޕްރީބިޑް ބައްދަލުވުން 14 ފެބްރުއަރީ 2021 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ހޮސްޕިޓަލުގެ މީޓިންގް ރޫމުގައި އޮންނާނެއެވެ. ޕްރީބިޑް ބައްދަލުވުމަގައި ބައިވެރިވެވޭނީ ރެޖިސްޓަރ ވެފައިވާ ފަރާތްތަށެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.

ހުށައަޅަންޖެހޭ ތަކެތި

މި ބިޑުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދި ހުށައަޅާ ފޯމު ފުރިހަމަކުރުމަށްފަހު، [email protected]  އަށް އީމެއިލްއަށް 11 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ފޮނުއްވުން އެދެމެވެ. މިގޮތަށް ރަޖިސްޓްރޭޝަން ހަމަޖައްސާފައިވަނީ، މިދުވަސްކޮޅަކީ ކޮވީޑް-19 ހަލުވިގޮތެއްގައި ފެތުރެމުންދާ ދުވަސްކޮޅަކަށް ވެފައި، ހޮސްޕިޓަލަށް ޒިޔާރަތް ކުރުމަކީ އެންމެ ރައްކާތެރިގޮތްކަމުގައި ނުވާތީއެވެ.

މިބިޑަށް ޕްރޮޕޯސަލް ހުށަހަޅުއްވާއިރު، ކުންފުނީގެ ބޭންކް އެކައުންޓްގައި މިޕްރޮޖެކްޓަށް ހުށައަޅާ އަގުގެ 50% ބޭންކް އެކައުންޓްގައި ހުރިކަން އަންގައިދޭ ބޭންކް ސްޓޭމްޕް ކުރެވިފައިވާ ސްޓޭޓްމަންޓްއެއް ހުށައަޅަން ޖެހޭނެއެވެ. މީގެއިތުރުން މި ބިޑަށް ހުށަހަޅަންޖެހޭ ބިޑް ސެކިއުރިޓީ ބަލައިގަންނާނީ ރާއްޖޭގައި ހިދުމަތް ފޯރުކޮށްދޭ ބޭންކަކުން ދޫކުރާ ބޭންކް ގެރެންޓީއެއް ނުވަތަ ކެޝިއަރސް ޗެކް އެކަންޏެވެ.

މިބިޑްގައި ބައިވެރިވެވޭނީ އެންސީއާރު ހުއްދަލިބިފައިވާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

18 ފެބްރުއަރީ 2021 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 17 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުގެ 14:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350111 / 3350113

އީ-މެއިލް: [email protected]

07 ފެބްރުއަރީ 2021

07 ފެބުރުވަރީ 2021
ހޯދާ