ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް 19 އާއިގުޅޭ

                

ކޮވިޑް 19 އާއިގުޅޭ

 

           ރާއްޖޭގައި ކޮވިޑް 19 ގެ ޙާލަތު އިތުރަށް ގޯސްވެ ބައްޔަށް ފައްސިވާ މީހުންގެ ޢަދަދު އެތައްތަނަކުން އިތުރުވެފައިވާ މިދަނޑިވަޅުގައި ކޮވިޑުން ރައްކާތެރި ވުމަށްޓަކައި މިދަންނަވާ ފިޔަވަޅުތައް އަޅާ މި ބަލިމަޑުކަމުން މުޅި މުޖުތަމައު ސަލާމަތް ކުރުމަށްޓަކައި، ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކުގެ އިރުޝާދުތަކަށް ހުރިހާ ރައްޔިތުން ތަބާވެ އެ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލު ކުރުމަށް ހަނިމާދޫ ކައުންސިލުން އިލްތިމާސްކުރަމެވެ.

  1. ސަރުކާރުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް  ކޮވިޑް ވެކްސިން އަވަހަށް ޖެހުން.
  2. ކޮވިޑް 19 އާއި ގުޅިގެން ސަރުކާރުންދެއްވާ އިރުޝާދުތަކަށް އެންމެން ތަބާވުން.
  3. ވީހާ ގިނައިން ގޭގައި މަޑުކުރެއްވުން. (ޒަރޫރަތާ ހުރެގެން މެނުވީ ހަމައެކަކުވެސް ބޭރުގައި ނޫޅުއްވުން.)
  4. ހުރިހާ ވަގުތެއްގައިވެސް މާސްކު އެޅުއްވުން. (މާސްކުން އަނގަމައްޗާއި ނޭފަތާއި ދަތްދޮޅި ރަނގަޅަށް ނިވާކުރުން.)
  5. މާލެއިން ހޯމްކަރަންޓީނަށް އަންނަ ފަރާތްތަކުން އެޗް. ޕީ. އޭ. ގެ. އުޞޫލުތަކާއި އެއްގޮތަށް ޢަމަލު ކުރެއްވުން. (އަދި ކަރަންޓީނުގައި ހުންނަ ގެތަކަށް އެއްވެސް ފަރާތަކުންޒިޔާރަތް ނުކުރެއްވުން.)
  6. ހޯމް ކަރަންޓީނަށް މާލެއިން ނުވަތަ އެނޫން ތަނަކުން ވިޔަސް އައުމުގެ  ކުރިން އެޗް. ޕީ. އޭގެ  ހުއްދަ ލިޔުމުން ހިފައިގެން ދަތުރު ކުރުން. (އަދި ނޯޓިސް ގޭގެ ބޭރަށް ރަނގަޅަށް ފެންނަގޮތަށް ހަރުކުރުން.ހޯމް ކަރަންޓީނަށް އައުމަށްޓަކައި ޕޯޓަލްގައި ރަޖިސްޓްރީވުމަށް ފޯމް ފިލްކުރުމުގެ ކުރިން ކައުންސިލަށްގުޅާ ކަރަންޓީނުވާ ގޭގެ މައުލޫމާތު ދިނުމަށްފަހު އެގެއަށް ކަރަންޓީނަށް އައުމާއިމެދު ކައުންސިލުން އިޢުތިރާޒް ނުކުރާނަމަ ޕޯޓަލްގައި ރަޖިސްޓްރީވެ ކައުންސިލުންނާއި އެޗް. ޕީ. އޭ. ގެ އެޕްރޫވަލް ލިބި ކަމާގުޅޭ ލިޔުންތައް އެޗް. ޕީ. އޭ. އިން ލިބުމުން އެލިޔުން ހިއްޕަވައިގެން ދަތުރުކުރުން. (މިނޫންގޮތަކަށް ދަތުރު ކުރާނަމަ އެކަން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބައްލަވާ ތަޙުޤީގުކޮށް ފިޔަވަޅު އެޅޭނެއެވެ.)
  7. ހޯމް ކަރަންޓީނަށް އައުމަށްޓަކައި ޕޯޓަލްގައި ރަޖިސްޓްރީވާ ފަރާތްތަކަށް 72 ގަޑިއިރުގެ ތެރޭގައި އެޕްރޫވަލް ހުއްދަ ލިބޭނެއެވެ. އެހުއްދަ ލިޔުމުން ލިބުމުން ދަތުރު ކުރުން.
  8. މީހުން ގިނައިން އެއްތަނަކަށް ޖަމާވެ ނޫޅުން އަދި އެފަދަ ތަންތަނަށް ޒިޔާރަތް ނުކުރެއްވުން.
  9.  ހައި ރިސްކު މީހުންނާއި ޢުމުރުން ދުވަސްވީ މީހުން ތަންތަނަށްގޮސް ނޫޅުމާއި، އަދި ގިނަމީހުންތިބޭ ޖަމާއަތްތަކަށް ގޮސް ލަސްނުވުން. (އެކަކު އަނެއްކަކާއި ގައިގޯޅިވެ ނޫޅެއްވުން.)
  10.  ކޮންމެހެން ދާންޖެހޭ ރަށަކަށް ދިއުންފިޔަވާ އާއްމުކޮށް ރަށްރަށަށް ދަތުރުފަތުރުކޮށް މިވަގުތު ނޫޅުއްވުން.

މަތީގައިވާ ގޮތަށް ހުރިހާ ފަރާތަކުން ޢަމަލުކުރުމަށް ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

 

 

 

07 ފެބުރުވަރީ 2021
ހޯދާ