މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

 

މި މިނިސްޓްރީގެ ތިރީގައި މިވާ މަޤާމްތަކަށް އިޢުލާން ކުރަމެވެ.   

01. މަގާމް

ޑިރެކްޓަރ

މަޤާމް ނަމްބަރު:

J-321686

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ.އެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފައިނޭންސް އެންޑް ބަޖެޓް ސެކްޝަން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

މުސާރަ:

-/8835 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލެވަންސް:

1. ސަޕޯޓިންގ ކޯ އެލަވަންސް 2: -/1100 ރުފިޔާ

2. ސްޕެޝަލް ޑިއުޓީ އެލަވަންސް : އަސާސީ މުސާރައިގެ %35

3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

5. ޓެކްނިކަލް ކޯ އެލަވެންސް: އަސާސީ މުސާރައިގެ %28

ނޯޓު: ޓެކްނިކަލް ކޯ އެލަވަންސް ދެވޭނީ ފައިނޭންސް/އެކައުންޓިންގ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ. އަދި ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި 1100/- ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ދައުލަތުގެ މާލިއްޔަތު ގަވާއިދު ނަންބަރު: 2017R-20/ގެ 2.03 ވަނަ މާއްދާ އިން ލާޒިމް ކުރާ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތައް މިމިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާގެ ހައިސިއްޔަތުން އަދާކުރުން
  2. ފައިނޭންސް އެންޑް ބަޖެޓް ސެކްޝަން އެންމެހާ ކަންތައްތައް ރާވާ ހިންގުމާއި ސުޕަވައިޒް ކުރުމާއި އަމަލީ ގޮތުން މަސައްކަތްތައް ކުރުން.
  3. ބަޖެޓާއި ގުޅިގެން އެހެން ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތައް ޑްރާފްޓްކުރުމާއި ސިޓީ ފޮނުވުމާއި ރެކޯޑް ބެލެހެއްޓުން.
  4. މާލީ ބަޔާން ތައްޔާރުކުރުމާއި ތައްޔާރުކުރުމަށް ބޭނުންވާ ކަންތައްތައް ރާވާ ހިންގުމާއި ބެލެހެއްޓުމާއި، އަހަރީ ބަޖެޓް އެކުލަވާ، ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާ ހޯދުމުގެ ކަންކަން ބެލެހެއްޓުމާއި ކުރުން.
  5. މިނިސްޓްރީގެ ފައިނޭންސް ސެކްޝަނުން ތައްޔާރުކުރާ ހުރިހާ ޕީވީތައް އެޕްރޫވްކޮށް ސެޕް ސިސްޓްމްއިން ޕޯސްޓް ކުރުމާއި މިނިސްޓްރީގެ މުސާރަ ޝީޓް ވެރިފައިކޮށް SAP އަށް އަޅައި ކަނޑައަޅާފައިވާ ދުވަހަށް ބޭންކަށް މުސާރަ ޖަމާކުރުން.
  6. ދައުލަތުގެ އާމްދަނީ ގޮތުގައި މިނިސްޓްރީން ބަލައިގަންނަ ފައިސާގެ އެންމެހާ ކަންތައްތައް ސުޕަވައިޒް ކުރުމާއި، ޑިޕޮސިޓްގެ ގޮތުގައި މާލީ އަހަރު ލިބުނު ފައިސާ އަދި ދޫކުރެވުނު ރީފަންޑްގެ އެންމެހާ ކަންތައްތައް ސުޕަވައިޒް ކުރުން.
  7. ރާއްޖެއާއި ރާއްޖޭން ބޭރަށް ކުރާ ދަތުރުގެ ފައިސާގެ އެންމެހާ އިންތިޒާމްތައް ހަމަޖައްސާ ބެލެހެއްޓުމާއި މާލިއްޔާތުގެ ޤާނޫނާ ޤަވާއިދާ އެއްގޮތަށް މިނިސްޓްރީން ކުރަންޖެހޭ ޚަރަދުތައްކޮށް ހިސާބު ބެލެހެއްޓުމުގެ ކަންތައްތައް ހިންގާ ބެލެހެއްޓުމާއި އަމަލީގޮތުން މިކަންކަން ކުރުން.
  8. ސެކްޝަނުން ޢާންމުންނަށާއި އަދި އިންޓަރނަލްކޮށް އޮފީހުގެ އެހެން ސެކްޝަންތަކާއި މުވައްޒަފުންނަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ޚިދުމަތްތަކަށާއި އަދި ސެކްޝަނުންކުރާ ހުރިހާ މަސައްކަތްތަކުގެ ސްޓޭންޑާރޑް އޮޕަރޭޓިންގ ޕްރޮސީޖަރސް (SOPs) ތައްޔާރުކޮށް މި ޕްރޮސީޖަރސްތަކާއި އެއްގޮތަށް ހުރިހާ މުވައްޒަފުންވެސް ޢަމަލުކުރޭތޯ ބެލުން.

މަޤާމުގެ ޝަރުޠުތައް:

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ  ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން .

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އެކައުންޓިންގ
  • ފައިނޭންސް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމެންޓް

 

 

ޕްރިފަރޑް ޑިސިޕްލިން: ނެތް

 

ކޯ ޑިސިޕްލިން:

  • އެކައުންޓިންގ
  • ފައިނޭންސް

 

ނޯޓް: ޕްރިފަރޑް ޑިސިޕްލިން ނުވަތަ ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ ، އެ ފަރާތަކަށް ކްރައިޓީރިއާ ގައި ޕްރިފަރޑް/ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ފައިނޭންސް
  • އެކައުންޓިންގ

02. މަގާމް

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމް ނަމްބަރު:

J-321886

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 3  

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އެންޓި-ޓްރަސްޓް ޔުނިޓް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލެވަންސް:

1. ސަޕޯޓިންގ ކޯ އެލަވަންސް 2: -/900 ރުފިޔާ

2. ސްޕެޝަލް ޑިއުޓީ އެލަވަންސް : އަސާސީ މުސާރައިގެ %35

3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

5. ޓެކްނިކަލް ކޯ އެލަވެންސް: އަސާސީ މުސާރައިގެ %28

ނޯޓު: ޓެކްނިކަލް ކޯ އެލަވަންސް ދެވޭނީ އިކޮނޮމިކްސް/އިކޮނޮމެޓްރިކްސް ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ. އަދި ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި 900 ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ވިޔަފާރީގެ ވާދަވެރިކަމަށް ހުރަސްއަޅާގޮތަށް ވާ އެއްބަސްވުންތަކާއި ހިންގާ ޢަމަލުތަކާ ގުޅޭގޮތުން ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނާއި، އެޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ހިންގައި ބެލެހެއްޓުން
  2. ވަކި މާކެޓެއްގައި ނުފޫޒުފޯރުވޭ މަޤާމެއް ލިބިފައިވާ ވިޔަފާރި ހިންގާ ފަރާތަކުން ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް ހުރަސްއެޅުމުގެގޮތުން އެ މަޤާމުގެ ނަހަމަ ބޭނުންކޮށްގެން ކުރާ ޢަމަލުތަކާ ގުޅޭގޮތުން ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ހިންގައި ބެލެހެއްޓުން
  3. ވަކި މާކެޓެއްގައި ނުފޫޒުފޯރުވޭ މަޤާމެއް ލިބިފައިވާ ވިޔަފާރި ހިންގާ ފަރާތަކުން ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް ހުރަސްއެޅުމުގެގޮތުން އެ މަޤާމުގެ ނަހަމަ ބޭނުންކޮށްގެން ކުރާ ޢަމަލުތައް ހުއްޓުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއް ކުރުން
  4. ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުގެ ދަށުން އިސްތިސްނާދިނުމުގެ ބާރު މިނިސްޓަރަށް ލިބިދީފައިވާ ކަންކަމުގައި އިސްތިސްނާދިނުމާބެހޭ ކަންކަން މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހިންގައި ބެލެހެއްޓުން
  5. ވިޔަފާރީގެ ދާއިރާގައި ވާދަވެރި ސަގާފަތެއް އާލާކުރުމާއި، ވިޔަފާރީގެ ދާއިރާގައި ވާދަވެރި މާޙައުލެއް ކުރިއަރުވައި ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
  6. ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައިގެން ވިޔަފާރިތައް ކުރިއަރުވައި، ވިޔަފާރިތަކުގެ ފެންވަރު މަތިކުރުމަށް މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ އެއްމެހައި މަސައްކަތްތަކެއް ކުރުން
  7. ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައިގެން ވިޔަފާރީގައި އާ ގޮތްތަކާއި، އާ ވިސްނުންތަކާއި އާ އުފެއްދުންތަކާއި ޚިދުމަތްތައް ތަޢާރުފުކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއް ކުރުން
  8. ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ހަނިވާގޮތަށް ހިންގާ ވިޔަފާރީގެ ޢަމަލުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމަށްޓަކައި ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް ހުރަސްއަޅާ އެއްބަސްވުންތަކާއި ވިޔަފާރީގެ ޢަމަލުތައް މަނާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއް ކުރުން
  9. މާކެޓުގައި ނުފޫޒުފޯރުވޭނެ މަޤާމެއް ލިބިފައިވާ ވިޔަފާރިއަކުން އެފަދަ މަޤާމެއްގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރާ ކުރުން މަނާކުރުމަށް ކުރަންޖެހޭ އެއްމެހައި މަސައްކަތްތަކެއް ކުރުން
  10. ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނާއި ޚިލާފުވާ ފަރާތްތަކާބެހޭ މައްސަލަ ބެލުމާއި ފިޔަވަޅު އެޅުމުގެ ކަންކަން ހިންގައި ބެލެހެއްޓުން
  11. ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމާއި ގުޅޭގޮތުން ޔުނިޓުން ކުރަންޖެހޭ ދިރާސާތަކާއި، ތައްޔާރުކުރަންޖެހޭ ކަރުދާސްތަކުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން
  12. ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މަރޖަރއާބެހޭ ކަންކަން ހިންގައި ބެލެހެއްޓުން
  13. ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްކުރަންޖެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން
  14. ޙަވާލުކުރެވޭ މަސައްކަތާގުޅުންހުރި މަސައްކަތްކުރުން، އަދި ސުޕަވައިޒަރަށް ދުވަހުން ދުވަހަށް އަޕްޑޭޓްދިނުން

މަޤާމުގެ ޝަރުޠުތައް:

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ  ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އެކައުންޓިންގ
  • އެޕްލައިޑް މެތަމެޓިކްސް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • އިކޮނޮމެޓްރިކްސް
  • އިކޮނޮމިކްސް
  • ފައިނޭންސް
  • ހިޔުމަން ރިސޯސް މެނޭޖްމަންޓް
  • ލޯ
  • ސްޓެޓިސްޓިކްސް

 

ޕްރިފަރޑް ޑިސިޕްލިން: ނެތް

 

ކޯ ޑިސިޕްލިން:

  • އިކޮނޮމިކްސް
  • އިކޮނޮމެޓްރިކްސް

 

ނޯޓް: ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ ، އެ ފަރާތަކަށް ކްރައިޓީރިއާ ގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އިކޮނޮމިކް ޑިވެލޮޕްމަންޓް

03. މަގާމް

ޑިރެކްޓަރ

މަޤާމް ނަމްބަރު:

J-321720

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ.އެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންސްޕެކްޓަރޭޓް ސެކްޝަން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

މުސާރަ:

-/8835 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލެވަންސް:

1. ސަޕޯޓިންގ ކޯ އެލަވަންސް 2: -/1100 ރުފިޔާ

2. ސްޕެޝަލް ޑިއުޓީ އެލަވަންސް : އަސާސީ މުސާރައިގެ %35

3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

5. ޓެކްނިކަލް ކޯ އެލަވެންސް: އަސާސީ މުސާރައިގެ %28

ނޯޓު: ޓެކްނިކަލް ކޯ އެލަވަންސް ދެވޭނީ އިކޮނޮމިކްސް/އިކޮނޮމެޓްރިކްސް ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ. އަދި ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި 1100/- ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. މިނިސްޓްރީއިން ހުއްދަދޭ ވިޔަފާރިތަކާ ރެގިއުލޭޓް ކުރަންޖެހޭ ވިޔަފާރިތަކުގެ އިންސްޕެކްޝަންތައް ރަވާ ހިންގުމާއި އިންސްޕެކްޝަންތަކުގައި އަމަލީގޮތުން ބައިވެރިވުން.
  2. މިމިނިސްޓްރީއިން ހުއްދަދޭ ވިޔަފާރިތަކާއި، ވިޔަފާރިކުރާ ތަންތަނާއި ޚިދުމަތްދޭ ތަންތަން، މުދައު ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ޢަމަލްކުރަންޖެހޭ ކަންކަމަށް ޢަމަލް ކުރަމުން ގެންދޭތޯ ބެލުމަށް އިންސްޕެކްޝަން ތައް ރާވާ ހިންގުމާއި އިންސްޕެކްޝަންތަކުގައި އަމަލީގޮތުން ބައިވެރިވުން.
  3. ރާއްޖޭގައި މަސައްކަތް ކުރުމަށް ބިދޭސީ ފަރާތްތަކަށް ދޫކުރެވޭ ހުއްދަތަކާއި ގުޅިގެން ކުރަންޖެހޭ އިންސްޕެކްޝަންގެ މަސައްކަތްތަކާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ދިރިއުޅޭ ތަންތަން މޮނިޓަރކުރުމަށް ކުރަންޖެހޭ އިންސްޕެކްޝަންތައް ކުރުމާއި ބިދޭސީންނާއި ގުޅިގެން ކުރަންޖެހޭ އެންމެހާ އިންސްޕެކްޝަންތައް ރާވާ ހިންގުމާއި އިންސްޕެކްޝަންތަކުގައި އަމަލީގޮތުން ބައިވެރިވުން.
  4. ބާޒާރުގެ އަގުތައް މޮނިޓަރ ކުރަން ޖެހިއްޖެ ހިދެއްގައި މިނިސްޓްރީން ކަނޑައަޅާ މުދަލުގެ އަގުތައް ނެގުމުގެ މަސައްކަތްކުރުން.
  5. މިނިސްޓްރީއަށް ހުށަހެޅޭ ކޮންސިއުމަރ މައްސަލަތަކާއި ގުޅިގެން ވިޔަފާރިކުރާ ތަންތަން އިންސްޕެކްޓް ކުރަން ޖެހިއްޖެ ހާލަތެއްގައި މިނިސްޓްރީއިން ކަޑައަޅާ އުޞޫލުތަކެއްގެ މަތިން އެ ވިޔަފާރިތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކުރުން.
  6. އެމްޕްލޯއިމަންޓް އެޖެންސީތައް ހިންގަނީ އެމްޕްލޮއިމަންޓް އެޖެންސީ ރެގިއުލޭޝަނާއި އެއްގޮތަށްތޯ ބެލުމަށް ކުރަންޖެހޭ އިންސްޕެކްޝަންތައް ކުރިޔަށް ގެންދިއުން.
  7. މިނިސްޓްރީގެ އިންސްޕެކްޓޮރޭޓް ސެކްޝަނުން އިންސްޕެކްޝަންތައް ހިންގުމަށް ތައްޔާރުކުރަންޖެހޭ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރތައް ތައްޔާރުކޮށް އިންސްޕެކްޝަންތައް ކުރިއަށްދަނީ އެސް.އޯ.ޕީއާއި އެއްގޮތަށްތޯ ބެލުމާއި އިންސްޕެކްޝަންތަކުގެ މަޢުލޫމާތު ހިމެނޭ ރިޕޯރޓްތައް ސިސްޓަމަށް އަޅާ ޤަވާޢިދުން އަޕްޑޭޓްކުރުމުގެ މަސައްކަތްކުރުވާ މޮނިޓަރކުރުން.

މަޤާމުގެ ޝަރުޠުތައް:

 

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ  ތަޖުރިބާ ލިބިފައިވުން.

ނުވަތަ

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން .

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އެކައުންޓިންގ
  • އެޕްލައިޑް މެތަމެޓިކްސް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • އިކޮނޮމެޓްރިކްސް
  • އިކޮނޮމިކްސް
  • ފައިނޭންސް
  • ހިޔުމަން ރިސޯސް މެނޭޖްމަންޓް
  • ލޯ
  • ސްޓެޓިސްޓިކްސް

 

ޕްރިފަރޑް ޑިސިޕްލިން: ނެތް

 

ކޯ ޑިސިޕްލިން:

  • އިކޮނޮމިކްސް / އިކޮނޮމެޓްރިކްސް

 

ނޯޓް:ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ ، އެ ފަރާތަކަށް ކްރައިޓީރިއާ ގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ.

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އިކޮނޮމިކް ޑިވެލޮޕްމަންޓް

04. މަގާމް

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމް ނަމްބަރު:

J-321846

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 3  

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ  

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ރެޖިސްޓްރޭޝަން، އެވެއަރނެސް އެންޑް ކޮމްޕްލަޔަންސް ޔުނިޓް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލެވަންސް:

1. ސަޕޯޓިންގ ކޯ އެލަވަންސް 2: -/900 ރުފިޔާ

2. ސްޕެޝަލް ޑިއުޓީ އެލަވަންސް : އަސާސީ މުސާރައިގެ %35

3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1. ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް އެކިއެކި ފަރާތްތަކަށް ދޫކުރެވޭ ހުއްދަތަކާއި ގުޅިގެން، ކުރަންޖެހޭ ރެޖިސްޓްރޭޝަންގެ މަސައްކަތްތައް، ސެކްޝަން ހެޑްގެ ލަފާގެ މަތިން ރާވައި ހިންގައި އަދި ސުޕަވައިޒްކުރުން.

2. ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީންނާއި އެފަރާތްތަކަށް ވަޒީފާ ދޭ ފަރާތްތަކާއި އެފަރާތްތައް ރެޕްރެސެންޓް ކުރާ ފަރާތްތަކާއި ކަމާއިގުޅޭ އެހެން ސްޓޭކްހޯލްޑަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް، ސެކްޝަން ހެޑްގެ ލަފާގެ މަތިން ރާވައި ހިންގުމާއި އަދި އެ މަސައްކަތްތައް ސުޕަވައިޒްކުރުން.

3. ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދާއި އުސޫލަތާކާއި ޚިލާފްވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގެ ކަންކަން، ސެކްޝަން ހެޑްގެ ލަފާގެ މަތިން ރާވައި ހިންގުމާއި އަދި އެ މަސައްކަތްތައް ސުޕަވައިޒްކުރުން.

4. އެމްޕްލޯއިމަންޓް ރެޖިސްޓްރޭޝަންއާއި ގުޅޭ މަސައްކަތްތަކުގައި ބޭނުންކުރާ ސިސްޓަމްތައް ޑިވެލޮޕްކުރުމުގައި ބޭނުންވާ މައުލޫމާތުތައް ސިސްޓަމް ޑިވެލޮޕަރުންނަށް ފޯރުކޮށްދިނުމާއި އުޞޫލުތަކާއި މަސައްކަތްތަކަށް އަންނަ ބަދަލުތައް ޑިވެލޮޕަރުންނަށް ފޯރުކޮށްދިނުމާއި މައްސަލަތައް ޙައްލުކުރުމުގައި މިނިސްޓްރީގެ ކަމާ ގުޅޭ ސެކްޝަންތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް، ސެކްޝަން ހެޑްގެ ލަފާގެ މަތިން ރާވައި ހިންގުމާއި އަދި އެ މަސައްކަތްތައް ސުޕަވައިޒްކުރުން.

5. ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އެކަމަޑޭޝަން މެނޭޖްމެންޓާއި ގުޅިގެން މިނިސްޓްރީއިން ކުރަންޖެހޭ މަސައްކަތްތައް، ސެކްޝަން ހެޑްގެ ލަފާގެ މަތިން ރާވައި ހިންގުމާއި އަދި އެ މަސައްކަތްތައް ސުޕަވައިޒްކުރުން.

6. ޔުނިޓްގެ މަސައްކަތްތަކާއި ހަރުދަނާކުރުމުގެ ގޮތުން، އުސޫލުތަކާއި ޕްރޮސެސްތަކާއި އަދި ބޭނުންކުރެވޭ ސިސްޓަމްތަކަށް ގެނެވިދާނެ ބަދަލުތަށް ދެނެގަނެ، ސެކްޝަން ހެޑްގެ ލަފާގެ މަތިން އެ ފަދަ ބަދަލުތައް ގެނައުން.

7. އެމްޕްލޯއިމަންޓް ރެޖިސްޓްރޭޝަންއާ ގުޅޭ މަސައްކަތްތަކުގެ ޑާޓާ މެނޭޖްކުރުމާއި ތަފާސްހިސާބު ޤަވާއިދުން އަޕްޑޭޓްކޮށް ކަމާއިގުޅޭ ފަރާތްތަކާއި ޙިއްޞާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސެކްޝަން ހެޑްގެ ލަފާގެ މަތިން ރާވައި ހިންގުމާއި އަދި އެ މަސައްކަތްތައް ސުޕަވައިޒްކުރުން.

8. ޝެކްޝަނަށްގެ މަސައްކަތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް، ސެކްޝަން ހެޑްގެ ލަފާގެ މަތިން ރާވައި ހިންގުމާއި އަދި އެ މަސައްކަތްތައް ސުޕަވައިޒްކުރުން.

9. ޔުނިޓްގެ މަސައްކަތްތަކާއި ގުޅިގެން ތަނަށް ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ހިދުމަތް ދެވޭނޭ ގޮތަށް އެކަށީގެންވާ މާހައުލެއް ފޯރުކޮށް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ސެކްޝަން ހެޑްގެ ލަފާގެ މަތިން ކުރުން.

މަޤާމުގެ ޝަރުޠުތައް:

 

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް  ޙާޞިލްކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އެކައުންޓިންގ
  • އެޑްމިނިސްޓްރޭޝަން
  • އެޕްލައިޑް މެތަމެޓިކްސް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • އިކޮނޮމެޓްރިކްސް
  • އިކޮނޮމިކްސް
  • ފައިނޭންސް
  • ހިޔުމަން ރިސޯސް މެނޭޖްމަންޓް
  • ލޯ
  • މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • ސްޓެޓިސްޓިކްސް

 

ޕްރިފަރޑް ޑިސިޕްލިން:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

ކޯ ޑިސިޕްލިން: ނެތް

ނޯޓް:ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ ، އެ ފަރާތަކަށް ކްރައިޓީރިއާ ގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ.

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)    އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

މަ މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ފެބުރުއަރީ 2021 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް (11 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ފޮނުއްވާނަމަ [email protected] އަށް އީ-މެއިލް ކުރުން އެދެމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

 

- މިމަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، އަދި އިމްތިޙާން އޮންނާނީ ، 2021 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން

 

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  9603323668+ އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

06 ފެބުރުވަރީ 2021
ހޯދާ