މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ިކައުންސިލުން ހިންގަމުންދާ ރައްޔިތުންގެ އިންޖީންގޭގައި 115000:00 ލީޓަރުގެ ޑީސަލްޓޭންކް އަމިއްލަތަކެތީގައި މިކައުންސިލުން ދޭކުރެހުމާއި އެއްގޮތަށް ބަނދެ ނިންމައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ         

         އުނގޫފާރު، ދިވެހިރާއްޖެ                                 ނަންބަރު: IUL)303-AS/2021/06)     

އިޢުލާން

މިކައުންސިލުން ހިންގަމުންދާ ރައްޔިތުންގެ އިންޖީންގޭގައި 115000:00 ލީޓަރުގެ ޑީސަލްޓޭންކް އަމިއްލަތަކެތީގައި މިކައުންސިލުން ދޭކުރެހުމާއި އެއްގޮތަށް ބަނދެ ނިންމައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                     

        އުނގޫފާރު ރައްޔިތުންގެ އިންޖީންގޭގައި 115000:00 ލީޓަރުގެ ތާނގީއެއް މިކައުންސިލުން ދޭކުރެހުމާއި އެއްގޮތަށް ބަނދެ ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއަދުން (03 ފެބުރުވަރީ 2021) ފެށިގެން 10 ފެބުރުވަރީ 2021، ބުދަ ދުވަހުގެ 12:30 ގެ ނިޔަލަށް ރަސްމީގަޑީގައި މިކައުންސިލަށް ދުރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ނަން ނޯޓް ކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދެއްވާ މެއިލް އަށް ކުރެހުން މެއިލް ކޮށްދެވޭނެއެވެ.މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.  މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އެމުއްދަތުގައި ނަންނޯޓް ކުރެއްވި ފަރާތްތަކުން މި އިޢުލާނާ އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 18 ފެބުރުވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި މިއިދާރާގައެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ރައްޔިތުންގެ އިންޖީންގެއަށް 115000:00 ލީޓަރުގެ ތާނގީ ނަބުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރައިގެ ބޭރުގައި އޮންނަން ވާނެއެވެ.             

        އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ނުވަތަކައުންސިލްގެ ރައީސް އަބްދުންނާޞިރު ޢަލީގެ ނަމްބަރ 9755327 ގުޅުއްވުން އެދެމެވެ.                   

  1. ކުރެހުމާއި އެއްގޮތަށް ތާނގީ ބަނުމަށް ހުށަހަޅާ އަގަށް (ހަތްދިހަ ފަސްމާކުސް)         
  2. ތަޖުރިބާ ފަންނީ ގާބިލްކަމަށް   (ދިހަމާކުސް)      
  3. ހުށަހަޅާ މުއްދަތައް         (ދިހަމަކުސް)     
  4. މާލީތަނަވަސް ކަމަށް        (ފަސްމާކުސް)     

        ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

        21  ޖުމާދަލްއާޙިރާ  1442

        03  ފެބުރުވަރީ    2021

 

 

03 ފެބުރުވަރީ 2021
ހޯދާ