މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލިމަސް އުފާ ކާނިވާ ސަރަޙައްދުގެ އިރު ދެކުނު ފަރާތުގައި ހިންގަމުންގެންދާ ޑޮލްފިން ވިޔު ކެފޭ އާއި އިންވެގެން ހުޅަނގަށް ހުރި ގުދަންތައް މިހާރު ބޭނުންކުރަމުން ގެންދާ ފަރާތްތައް ހޯދުން

             އަލިމަސް އުފާ ކާނިވާ ސަރަޙައްދުގެ އިރު ދެކުނު ފަރާތުގައި ހިންގަމުންގެންދާ ޑޮލްފިން ވިޔު ކެފޭ އާއި އިންވެގެން ހުޅަނގަށް ހުރި ގުދަންތައް މިހާރު ބޭނުންކުރަމުން ގެންދާ ފަރާތްތައް ދެނެގަތުމަށް ބޭނުންވެއެވެ.

            ވީމާ، އެ ގުދަންތައް ބޭނުން ކުރަމުންގެންދާ ފަރާތްތަކުން، 18 ފެބްރުއަރީ 2021 ގެ ކުރިން މި އިދާރާގެ ފްލެޓްސް އެންޑް އެސެޓްސް މެނޭޖްމަންޓް ޔުނިޓް (މައްޗަންގޮޅީ އަވަށު އޮފީސް ހިންގި ޢިމާރާތް) އަށް ޙާޟިރުވެ އެފަރާތްތަކުގެ މަޢުލޫމާތު އެ ޔުނިޓަށް ދިނުމަށާއި އެ ގުދަންތަކާބެހޭގޮތުން އެ ފަރާތްތަކަށް ލިބިފައިވާ ލިޔެކިޔުންތަކުގެ ކޮޕީ އެ ޔުނިޓަށް ދިނުމަށްވެސް ޢާއްމުކޮށް އަންގާ ޢިއުލާން ކުރީމެވެ.

            އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 7994565 ނަންބަރު ފޯނާއި  ގުޅުން އެދެމެވެ.

            20 ޖުމާދަލްއާޚިރާ 1442

03 ފެބުރުވަރީ 2021
ހޯދާ