މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ގްރޭޓަރ މާލެ ސަރަޙައްދުގެ ޓެކްސީ ދަތުރުގެ އަގު ތަކާއި ގުޅޭ

އިޢުލާން              

                         ގްރޭޓަރ މާލެ ސަރަޙައްދުގެ ޓެކްސީ ދަތުރުގެ އަގު ނެގުމާ ގުޅޭގޮތުން މި އޮތޯރިޓީން ކޮށްފައިވާ ނަންބަރު (IUL)202-L1/1/2019/67 (31 ޖުލައި 2019) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

                         10 ފެބުރުވަރީ 2021 ވާ ހޯމަ ދުވަހުން ފެށިގެން ގްރޭޓަރ މާލެ ސަރަޙައްދުގައި ކުރާ ޓެކްސީ ދަތުރު ތަކަށް އަގުނަގާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ. މި އަގުގެ އިތުރަށް ޓެކްސީގެ ޑިކީއަށް ނުވަތަ ޓެކްސީ ތެރެއަށް އަރުވާ ދާގީނާއަކަށް އިތުރު އަގެއް ނެގުމަކީ މަނާކަމެއްކަމުގައި ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

-          މާލެ ، ހުޅުމާލެ ފިޔަވަހި 1 އަދި ހުޅުމާލެ ފިޔަވަހި 2 ގެ އެތެރޭ ދަތުރުތަކުގެ އަގު މިހާރުވެސް ދަތުރު ކުރާ އަގުކަމަށްވާ -/25 ރުފިޔާ

-          މާލެ - ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ

-          ހުޅުލެ - މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ

-          ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ

-          ހުޅުމާލެ - ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ

-          މާލެ - ހުޅުމާލެ ފިޔަވަހި 1 ގެ ދަތުރެއްގެ އަގު -/75 ރުފިޔާ

-          ހުޅުމާލެ ފިޔަވަހި 1  - މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ

-          މާލެ - ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ދަތުރެއްގެ އަގު -/90 ރުފިޔާ

-          ހުޅުމާލެ 2 ވަނަ ފިޔަވަހި - މާލެ ދަތުރެއްގެ އަގު -/90 ރުފިޔާ

-          ހުޅުމާލެ 2 ވަނަ ފިޔަވަހި - ހުޅުލެ ދަތުރެއްގެ އަގު -/75 ރުފިޔާ

-          ހުޅުލެ - ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ދަތުރެއްގެ އަގު -/75 ރުފިޔާ

-          ހުޅުމާލެ ފިޔަވަހި 1 - ހުޅމާލެ ފިޔަވަހި 2 ގެ ދަތުރެއްގެ އަގު -/40 ރުފިޔާ

-          ހުޅުމާލެ ފިޔަވަހި 2 - ހުޅމާލެ ފިޔަވަހި 1 ގެ ދަތުރެއްގެ އަގު -/40 ރުފިޔާ

 

                            21 ޖުމާދަލް އާހިރު  1442        

                              03  ފެބުރުވަރީ   2021

 

  

     ދިވެހިސަރުކާރުގެ ގެޒެޓް

03 ފެބުރުވަރީ 2021
ހޯދާ