މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

  1. މިރަށު  މަސްޖިދު މޫސާޢަލީގައި ކުލައާއި ދަވާދު އަދި ވަރުނީސްލާން ބޭނުންވާތީ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތާގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ ނުވަތަ އިތުރު މަޢުލޫމާތު ބޭނުންވާނަމަ 09 ފެބްރުވަރީ 2021 ވާ އަންގާރަ ދުވަހުގެ 09:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.
  3. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 10 ފެބްރުވަރީ 2021 ވާ ބުދަ ދުވަހުގެ 09:00 ގައި މިއިދާރާގައެވެ.
  4. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  5. މިމަސައްކަތާބެހޭ މަޢުލޫމާތު ޝީޓު މިއިޢުލާނާއެކު ގެޒެޓުގައި އެޓޭޗް ކުރެވިފައިވާނެއެވެ.
  6. ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
  7. މިމަސައްކަތާބެހޭ މަޢުލޫމާތު އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މިއިޢުލާނާއެކު ގެޒެޓްގައި އެޓޭޗްކުރެވިފައި ވާނެއެވެ. އަދި މިއިދާރާއަށް ދުރުވުމުން މިއިދާރާއިންވެސް ލިބޭނެއެވެ.
  8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ/ ބ. ހިތާދޫ

ފޯން:  6600007

އީމެއިލް: [email protected]

03 ފެބުރުވަރީ 2021
ހޯދާ