މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

މި އިޢުލާންވަނީ 28 ފެބުރުވަރީ 2021 13:44 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާނު

މަޤާމު:

ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ނަންބަރު:

J-330074

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ.އެކްސް. 5

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ ޖެނެރަލް

ސެކްޝަން

ޕޮލިސީ ޕްލޭނިންގ ޑިޕާޓްމެންޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފެންބިލްޑިންގ 2 ވަނަ ފަންގިފިލާ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

މުސާރަ:

-/13890ރ

ސަރވިސް އެލަވަންސް:

-/2000ރ

ޓެކްނިކަލް ކޯ އެލަވަންސް:

3889.20ރ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  2. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ގެ އިދާރީ އަދި ފަންނީ ހިންގުމުގައި އިސްނަގައިގެން އިސްދައުރެއް އަދާކުރުން.
  2. ރާއްޖޭގެ މަތީ ތަޢުލީމު ފޯރުކޮށް ދިނުމުގެ ސިޔާސަތުތައް އެކަށައަޅައި، މަތީ ތަޢުލީމް ފޯރުކޮށް ދިނުމުގެ ނިޒާމެއް ޤާއިމްކުރުން.
  3. މަތީ ތަޢުލީމާއި ތަމްރީންގެ ނިޒާމް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ބޭނުންވާ ދިރާސާތައްކޮށް ޢާއްމުކުރުން.
  4. ހަޔަރ އެޑިއުކޭޝަންގެ ދާއިރާއިން ސިޔާސަތު އެކުލަވާލަންޖެހޭ ހުރިހާ ދާއިރާއެއް ފާހަގަކޮށް ސިޔާސަތުތައް އެކުލަވާލުން އަދި އެފަދަ ސިޔާސަތުތައް ތަންފީޒުކުރުމަށް ހަދަންޖެހޭ ސްޓްރެޓެޖިކް ޕްލޭންއާއި އެކްޝަންޕްލޭންތައް ހަދައި ތަންފީޒުކުރުމުގެ ޢަމަލީ މަސައްކަތްކުރުން.
  5. މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒުތަކާއި، ފަންނީ ހުނަރުވެރިކަން ދަސްކޮށްދޭ މަރުކަޒުތައް ރަޖިސްޓްރީ ކުރުމާއި އެފަދަ ތަންތަނުގެ ދަފްތަރެއްބެލެހެއްޓުމާއި، ތަފާސް ހިސާބު ބެލެހެއްޓުމާއި، ދަސްވެނިންގެ މަޢުލޫމާތު ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކޮށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ގެ ދަށުން ހިނގަމުންދާ ތަންތަނުގެ މަސައްކަތް ވިލަރެސްކޮށް ބެލެހެއްޓޭނެ އިންތިޒާމް ޤާއިމުކޮށް އެކަންކަން ހިންގުން.
  6. ފާއިތުވާ އަހަރުގެ އަހަރު ރިޕޯޓް އަދި މަތީ ތަޢުލީމާއި ގުޅޭ ސްޓެޓިސްޓިކްސް ރިޕޯރޓް ތައްޔާރުކުރަން ހަމަޖެހިފައިވާ އުޞޫލަކާ އެއްގޮތަށް ތައްޔާރުކޮށް ހުށަހަޅަން ކަނޑައެޅިފައިވާ ފަރާތްތަކަށް ހުށަހަޅާ އެނުއަލް ސްޓެޓިސްޓިކްސް ލުއިފޮތް ނެރުން.
  7. މަތީ ތަޢުލީމު ފޯރުކޮށްދިނުމުގެ ނިޒާމަކީ ، ތަޢުލީމު ޙާސިލްކުރުމުގެ ފުރުސަތު އެންމެނަށް ބައިވެރިވެވޭ ނިޒާމެއްކަން ކަށަވަރުކުރުމާއިއެކު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ގެ މަސައްކަތްތައް ދާއިރާގެ ފެންވަރުގައްޔާއި ޤައުމީ ސަރަޙައްދީ އަދި ބައިނަލް އަޤުވާމި ފެންވަރުގައި ތަރައްޤީ ކުރުމަށް މަސައްކަތް ކުރުމާއި އެ ރޮނގު ރޮނގުން ކުރިޔަށް ދިޔުމަށް މުވައްޒަފުންނަށް މަގުދައްކައި އެހީތެރިވެދިނުން.
  8. ވަޒީފާތަކަށް އެވަގުތައް ބޭނުންވާ މަސައްކަތްތެރިކަމުގެ ހުނަރުތައް ކަނޑައަޅައި، އެފަދަ ތަމްރީން ޕްރޮގްރާމް ތަކުގެ ސިޔާސަތުތައް އެކަށައެޅުން.
  9. ޕޮލިސީ ޕްލޭނިންގ ޑިޕާރޓްމެންޓްގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން. ( ޕޮލިސީ ޕްލޭނިންގ ޑިޕާރޓްމެންޓްގެ މައިގަނޑު 3 ސެކްޝަން ކަމުގައިވާ ޕޮލިސީ ސެކްޝަން، ރެޖިސްޓްރޭޝަން އެންޑް މޮނިޓަރިންގ ސެކްޝަން އަދި ރިސަރޗް އެންޑް އައި އާރ ސެކްޝަންގެ މަސައްކަތްތައް ބަލައި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  10. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ގެ ޕްލޭނިންގ ސެކްޝަންގެ މަސައްކަތާ ގުޅޭގޮތުން ހަދަންޖެހޭ ޤަވައިދުތައް މިނިސްޓަރާއި ސެކްޝަންގެ ކަންކަން ބަލަހައްޓަވާ އިސްވެރިޔާގެ އިރުޝާދު ލިބިގެން ހެދުމާއި އިސްލާޙުކުރުމާއި ތަންފީޒްކުރުން.

 

މަޤާމުގެ ޝަރުޠުތައް:

  • ·         ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / އެޑިއުކޭޝަނަލް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން / ރިސަރޗް / ސްޓެޓިސްޓިކްސް ގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / އެޑިއުކޭޝަނަލް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން / ރިސަރޗް / ސްޓެޓިސްޓިކްސް ގެ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ ތަޖްރިބާ ލިބައިވުން.

ނުވަތަ

  • ·         ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / އެޑިއުކޭޝަނަލް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން / ރިސަރޗް / ސްޓެޓިސްޓިކްސް ގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެންމަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / އެޑިއުކޭޝަނަލް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން / ރިސަރޗް / ސްޓެޓިސްޓިކްސް ގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖްރިބާ ލިބައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • ·         އެޑިޔުކޭޝަން
  • ·         ސްޓެޓިސްޓިކްސް
  • ·         ރިސަރޗް

ތަޢުލީމީ ގޮނގުތައް:

  • ·         ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ·         ބިޒްނަސް މެނޭޖްމަންޓް
  • ·         އެޑިއުކޭޝަނަލް މެނޭޖްމަންޓް
  • ·         ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • ·         ރިސަރޗް
  • ·         ސްޓެޓިސްޓިކްސް

ކޯ ޑިސިޕްލިން:

  • ·         އެޑިއުކޭޝަނަލް މެނޭޖްމަންޓް
  • ·         ރިސަރޗް
  • ·         ސްޓެޓިސްޓިކްސް

ޕްރިފަރޑް ޑިސިޕްލިން: ނެތް

ނޯޓް: ކޯޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާ ގައި ކޯ/ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (http://www.csc.gov.mv/download/2249)  އަދި އިދާރާގެ ވެބްސައިޓުން https://www.mohe.gov.mv/resources#Jobs ނާއި ، ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން އަދި އިމްތިޙާނެއް ނުވަތަ ޕްރެޒެންޓޭޝަނެއް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ފެބުރުވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން (ފެން ބިލްޑިންގ 2ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަނާއެކު ހުރިހާ ޑޮކިއުމަންޓެއް އެއްފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު އީ-މެއިލް ކުރުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވާ އިންޓަވިއު އޮންނާނީ 2021 ފެބުރުވަރީ 14 އާއި 2021 މާރިޗު 10 އާ ދެމެދު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން (ފެން ބިލްޑިންގ 2ވަނަ ފަންގިފިލާ) ގައެވެ.

މިމަޤާމަށް ޝަރުތު ފުރިހަމަވެ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަން ޖެހޭނެއެވެ. އިންޓަވިއުއާއި ޕްރެޒެންޓޭޝަން މަޢުލޫމާތު ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ވަކިން ވަކިން ހިއްސާކުރެވޭނެއެވެ.

-   މިމަޤާމަށް ޝަރުތު ފުރިހަމަވެ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އިމްތިހާން އޮންނާނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ , 3026928، 3026966, 3026930 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

03 ފެބުރުވަރީ 2021
ހޯދާ