މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި މެނޭޖް ކުރުމުގެ މަަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

c

&

މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލް އިދާރާ

ބ.ގޮއިދޫ / ދިވެހިރާއްޖެ.

(IUL)325-MS/325/2021/2        ނަމްބަރު:

އިޢުލާން

ކުނިނައްތާލުމާބެހޭ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

               ރަށުގެ ކުނިމެނޭޖް ކުރުމާބެހޭ ޕްލޭންއާއެއްގޮތަށް މިކައުންސިލުން ކަނޑާއަޅާ އުޞޫލެއްގެ މަތިން ތިރީގައިމިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

               1 – ރަށުގެ އިޖްތިމާޢީ ސަރަޙައްދު ކުނިކަހާ ބެލެހެއްޓުން .

               2 – ރަށުގެ ގޭގޭގައާއި ، އިޤްތިޞާދީ މަސައްކަތް ކުރާ ތަންނަނާއި ، މުއައްސަސާ ތަކުގައި އުފެދޭކުނި ،ކުނިކޮށްޓަށް ގެންގޮސް ނައްތާލުން .

               3 – ކުނިކޮށި ސާފުކޮށް ބެލެހެއްޓުމާއި ، ނައްތާނުލެވޭކުނި ރަށުންބޭރުކުރުމުގައި ވެމްކޯއާއިގުޅިގެން ކުރެވޭ މަސައްކަތްތަކުގައި ކައުންސިލަށް އެހީތެރިވުން .

                  ވީމާ މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ފެބްރުއަރީ 0212 ވާ ބުދަ ދުވަހު 13.00އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ، 17 ފެބްރުއަރީ 2021 ވާބުދަ ދުވަހުގެ 13.00 އަށް އަންދާސީ ހިސާބު  ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި"ބ ގޮއިދޫގެ ކުނިމެނޭޖްކުރުމުގެ މަސައްކަތައް އެދި" މިހެން ލިޔެފައި އޮންނަން ވާނެއެވެ.  އަދި މައުލޫމާތު ސާފްކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު  ސަމާލުކަން ދެއްވަންވީ  މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.

 

 

  1 މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް

މާރކްސް ދެވޭ ކްރައިޓީރިޔާ

މާކްސްދެވޭ މިންގަނޑު

ތަފްޞިލް

ފޯރމިއުލަރ

އަގު

100%

v      އަގަށް ދެވޭ މާރކްސް

v       މާރކްސް ދެވޭނީ މިއިދާރާގެ ޓޭކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާއަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v      މިގޮތުން އެންމެ ގިނަ މާރކްސް ދެވޭނީ އެންމެ ކުޑަ އަގަށެވެ.

Benchmark price/Submitted price x Allocarted percentage

 2  ސަމާލުކަންދޭންވީ ކަންތައްތައް

1 ތިރީގައިވާ މަރުހަލާތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުގެ އަގުތައް ބަލައިނުގަނެވޭނެއެވެ.

v    މައުލޫމާތު ސާފްނުކުރައްވާ ފަރާތްތައް

v    މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަގުތައް

v    އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތައް

  2 ހުށަހެޅިފައިވާ އެސްޓިމޭޓް ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

3 އަގާއެކު ހުށަހަޅަންޖެހޭ ތަކެތި

   1 އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ޞައްޙަ ކޮޕީ

   2 ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީއާއި ، އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް

4 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :

          ފޯންނަމްބަރ :          6600005

          ފެކްސް ނަމްބަރ :  5     660000

        މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.              

                  02 ފެބްރުއަރީ 2021

     

މުޙައްމަދު ޢާމިރު         

ކައުންސިލްގެ ރައީސް        

02 ފެބުރުވަރީ 2021
ހޯދާ