މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕާރކުތަކާއި މައިޒާންތަކަށް ޢާއްމުކޮށް މީހުން ވަނުން ވަގުތީ ގޮތުން ބަންދު ކުރުމާ ގުޅޭ

ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ( ކޯވިޑް-19) ގެ ބަލިމަޑުކަން ރާއްޖޭގައިވެސް ފެތުރެމުންދާތީ، ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން އަޅުއްވާ ޚާއްޞަ ފިޔަވަޅުތަކުގެ ތެރެއިން މިކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ޕާރކުތަކާއި މައިޒާންތަކަށް ޢާއްމު ފަރާތްތަކުން ވަނުން 2021 ފެބުރުވަރީ 03 ވަނަ ދުވަހުން ފެށިގެން ކުރިއަށްއޮތް 02 ހަފުތާއަށް ބަންދު ކުރުމަށް އެޗް.ޕީ.އޭގެ ގައިޑުލައިންގައި ކަނޑައަޅުއްވާފައިވާތީ ،މަތީގައި ދެންނެވިފައިއެވާ ތާރީޚުން ފެށިގެން މާލެސިޓީގެ ޕާރކުތަކާއި، މައިޒާންތައް ބަންދުވާނެކަމަށާއި ، ކަސްރަތަށް ނުކުންނަ ވަކިވަކި ފަރާތްތަކަށް ފަތިހު 05:30 ން ހެނދުނު 07:30 ށް އެޗް. ޕީ. އޭ. ގެ މިންގަނޑުތަކާ އެއްގޮތަށް ލޮނުޒިޔާރަތް ޕާރކުގައި ކަސްރަތު ކުރުމުގެ އިންތިޒާމް ހަމަޖެހިފައި އޮންނާނެ ވާހަކަ ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

02 ފެބުރުވަރީ 2021
ހޯދާ