ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ރާއްޖޭގައި ކޮވިޑް-19 ފެތުރުން އިތުރުވެފައިވާތީ، ސިވިލް ސަރވިސްގެ އިދާރާތައް ހިންގުމާއި އިދާރާތަކުގައި މަސައްކަތްކުރާ އިރު ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި މުވައްޒަފުން އަމަލުކުރަންޖެހޭ ގޮތްތަކަށް އަމަލުކުރުމުގައި އިތުރު ސަމާލުކަމެއް ދެއްވުން

ރާއްޖޭގައި ކޮވިޑް-19 ފެތުރުން އިތުރުވެފައިވާތީ، ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތްކުރާ އިރު އަމަލުކުރަންޖެހޭ އުޞޫލުތަކާއި މިންގަނޑުތަކަށް އަމަލުކުރުމުގައި އިތުރު ސަމާލުކަމެއް ދެއްވުމަށް ދަންނަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޢާންމުކުރައްވާފައިވާ ނަންބަރު 3/2021 (2 ފެބުރުވަރީ 2021) ދެންނެވުމާ ޙަވާލާދީ ދަންނަވަމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކުރައްވާފައިވާ ފަދައިން، ކޮވިޑް-19 ޖެހިފައިވާ މީހުން ތިބިކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ހާމަކުރައްވާ ރަށްރަށުގައި ހުރި ސިވިލް ސަރވިސްގެ އިދާރާތަކުން ޚިދުމަތްދިނުމުގައްޔާއި، ސިވިލް ސަރވިސް މުވައްޒަފުން މަސައްކަތަށް ނެރުމުގައި، ސިވިލް ސަރވިސްގެ އިދާރާތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 3/2021 (2 ފެބުރުވަރީ 2021) ދެންނެވުމުގައިވާ އުސޫލުތަކާއި މިންގަނޑުތަކާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާ އެންގުންތަކަށް އަމަލުކުރުމުގައި ސިވިލް ސަރވިސްގެ އިދާރާތަކުންނާއި ސިވިލް ސަރވިސްގެ މުވައްޒަފުން އިތުރު ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ.

02 ފެބުރުވަރީ 2021
ހޯދާ