މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ، ޕްރޮކިޔުމަންޓް

އިޢުލާނު

މިކޯޕަރޭޝަންގެ ފަރާތުން 17 ޖަނަވަރީ 2021 ގައި ކޮށްފައިވާ ނަންބަރު IUL)MHCL-HRM/1/2021/3)  އިޢުލާން ބާޠީލްކޮށް އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

އޮފިސަރ، ޕްރޮކިޔުމަންޓް

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރައާއި ޢިނާޔަތްތައް:

-/8,800-9,400

ފެންވަރު ނުވަތަ ޝަރުތު:

  • ބިޒްނަސް މެނޭޖްމަންޓް ، އެޑްމިނިސްޓްރޭޝަން ނުވަތަ ފައިނޭންސް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ނުވަތަ މަތީ ސެޓްފިކެޓެއް ޙާޞިލް ކޮށްފައިވުން، ނުވަތަ މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުން.

ނުވަތަ

  • ސާނަވީ އިމްތިޙާނަކުން 5 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު މަޤާމާއި ގުޅުންހުރި ދާއިރާ އަކުން މަދުވެގެން 03 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.
  • މި މަޤާމަށް މީހަކު އައްޔަން ކުރުމުގައި ޕްރޮކިއުމަންޓް ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަސްއޫލިއްޔަތު:

  • ކޯޕަރޭޝަންގެ އިދާރީ ހިންގުން ހަމަޖެއްސުމަށް ބޭނުންވާނެ ލޮޖިސްޓިކްސް މަސައްކަތްތައް ބެލެހެއްޓުން.
  • ކޯޕަރޭޝަނުން އެކި ފަރާތްތަކަށް ފޮނުވަން ޖެހޭ އެންމެހާ ލިޔެކިޔުންތަކާއި ތަކެތި އެފަރާތްތަކާ ޙަވާލުކުރުން.
  • ކޯޕަރޭޝަންގެ ބޭނުމަށް ގަންނަން ބޭނުންވާ ތަކެތީގެ އަގު ހޯދުމާއި، ގަތުމާއި އަދި އެތަކެތި ކޯޕަރޭޝަނަށް ގެންނަށް ބޭނުންވެއްޖެ ޙާލަތެއްގައި ގެނައުމަށް އެހީތެރިވުން.
  • ކަސްޓަމަރުން އަތުން ނެގޭ ފައިސާ ދުވަހުން ދުވަހަށް ބޭންކަށް ޖަމާކުރުމާއި ބޭންކުން ހޯދަން ޖެހިއްޖެ އެހެނިހެން ޚިދުމަތްތައް ހޯދުން.
  • އޮފީސް މަރާމާތުގެ މަސައްކަތްތައް ކުރާ ވަގުތު ތަކުގައި ސުޕަވައިޒް ކުރުން.
  • ކޯޕަރޭޝަންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުމާއިއެކު، އޮފީހުގެ މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

މަސައްކަތުގެ ވަގުތު:

މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް)

(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ.

ސުން ގަޑި:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު 11 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިޔުންތަށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން [email protected] އަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި ކުންފުނީގެ ނަންބަރު IUL)MHCL-HRM/1/2021/3) އިޢުލާނަށް އިޖާބަދީ ވަޒީފާއަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުން އަލުން ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ.  

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް  އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

02 ފެބުރުވަރީ 2021
ހޯދާ