ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިއުކުމާއި ބެހޭ

       ރަށުގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން މަތިކޮށްފައިވާ ޒިންމާ އަކަށް ވާތީ އާއި އަދި ރަށުގެ ކުނީގެ މައްސަލައަށް އެދެވޭ ޙައްލެއް ގެނެސް ރަށަކީ ކުނިމެޖޭޖް ކުރުމުގައި ނަމޫނާ ރަށަކަށް ހަދަން ބޭނުންވާތީ 01 ފެބުރުއަރީ 20121 ދުވަހުންފެށިގެން ކުނިކޮއްޓަށް ކުނި އުކޭނީ ތިރީގައިވާ ދުވަސްތަކާއި ގަޑި ތަކުގައެވެ.

       ކުނިކޮށި ހުޅުވިފައި ހުންނަ ގަޑިތައް: ހެނދުނު 07.00 ން 11.00 އަށް ، މެންދުރު ފަހު 14.00 ން 16.00 އަށް

       ކުނިކޮށި ހުޅުވިފައި ހުންނަ ދުވަސްތައް: ހަފުތާގެ ހޮނިހިރު ، ހޯމަ، ބުދަ މިތިން ދުވަހުއެވެ.

       ވީމާ، މިނޫން ދުވަސްތަކާއި ގަޑިތައް ފިޔަވައި އެހެން ވަގުތުތަކުގައި ކުނިއުކާ ފަރާތްތަކާއި މެދު ޢާއްމު އިޖުތިމާއީ މައްސަލަތައް ހައްލު ކުރުމާއި ރަށުގެ މުނިސިޕަލް ކަންކަން ޙައްލު ކުރުމަށް ކޮށްފައިވާ ނަމްބަރ: (IUL)248-ESMSMS/248/2020/78 ( 19 އޯގަސްޓް 2020 ) އިއުލާން ގައިވާ ގޮތަށް ޢަމަލު ކުރެވޭނެއެވެ. 

       މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

02 ފެބުރުވަރީ 2021
ހޯދާ