ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 02 ފެބުރުވަރީ 2021 10:12 ގައި ބާތިލް ކުރެވިފައެވެ.


03 މަސް ދުވަހުގެ މުއްދަތަށް މިކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 04 ފެބްރުއަރީ 2021 ވަނަ ދުވަހުގެ 13:30 އަށް މިކޯޓަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ފެބްރުއަރީ 2021 ވަނަ ދުވަހުގެ 13:30 އަށް މިކޯޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީ ހިސާބުތަކާއި މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

31 ޖަނަވަރީ 2021
ހޯދާ