މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެއަށް ދިރޭޖަނަވާރާއި ދިރޭ ގަހާއި ގަހުގެ ބައިތައް އެތެރެ ކުރުމާއި ގުޅޭ

`

 

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

   މާލެ، ދިވެހިރާއްޖެ                                           

                                         ނަންބަރު: (IUL)30-E3/30/2021/15

އިޢުލާން

ދިވެހިރާއްޖެއަށް ދިރޭޖަނަވާރާއި ދިރޭ ގަހާއި ގަހުގެ ބައިތައް އެތެރެ ކުރުމާއި ގުޅޭ

ދިވެހިރާއްޖެއަށް އެތެރެކުރެވޭ ދިރޭ ޖަނަވާރު އަދި ދިރޭގަހާއި ގަހުގެ ބައިތައް އެތެރެކުރުމުގައި، އެތަކެތީގައި ހުންނަން ޖެހޭ މިންގަނޑު ކަނޑައެޅުމާއި ބަލާފާސްކުރުމުގެ އެންމެހައި އިންތިޒާމް ހަމަޖެއްސުމުގެ ޤާނޫނީ ޒިންމާ މަތިކުރެވިފައިވަނީ މިމިނިސްޓްރީއާއި އެވެ. ފަހަކަށްއައިސް ދިވެހިރާއްޖެއަށް ދިރޭ ޖަނަވާރު އަދި ދިރޭގަހާއި ގަހުގެ ބައިތައް އެތެރެކުރާ މިންވަރު އިންތިހާއަށް އިތުރުވެފައިވާތީވެ، މިތަކެތި ބަލައި ފާސްކުރުމުގައި އަދި ލިޔެކިޔުން ހޯދުމުގައި، މި މިނިސްޓްރީއަށް އަދި ތަކެތި އެތެރެކުރާ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިވާކަން ވަނީ ފާހަގަކުރެވިފައެވެ.  އެހެންކަމުން، ދިރޭ ޖަނަވާރާއި ދިރޭ ގަސް އެތެރެ ކުރާ ފަރާތްތަކުން، އެފަދަ ތަކެތި ދިވެހިރާއްޖެއަށް އެތެރެ ވުމުގެ 24 ގަޑިއިރު ކުރިން، މި މިނިސްޓްރީގެ ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޔުނިޓަށް، އެތެރެކުރެވޭ ތަކެއްޗާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް ފޮނުވަންވާނެއެވެ. ލިޔެކިޔުންތައް ފޮނުވާނީ، މި މިނިސްޓްރީގެ "އެގްރިކަލްޗަރ އޮންލައިން ޕޯރޓަލް" (www.aos.egov.mv) ގެ ޝިޕްމަންޓް ނޯޓިފިކޭޝަން މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށެވެ. އީމެއިލް ކުރައްވާނަމަ އީމެއިލް ފޮނުއްވާނީ [email protected] އަށެވެ. އީމެއިލް އާއި އެއްއުރަކޮށް ތިރީގައިވާ ލިޔެކިޔުންތައް ފޮނުއްވަންވާނެއެވެ.

-          ސްޓޭޓް ފައިޓޯސެނިޓަރީ/ވެޓްރިނަރީ ސެޓްފިކެޓް (އޮރިޖިނަލް)ގެ ސްކޭން ކޮޕީ އަދި ސެޓްފިކެޓްގެ އެޓޭޗްމަންޓްތައް

-          ފައިޓޯސެނިޓަރީ/ވެޓްރިނަރީ އިމްޕޯރޓް ޕާރމިޓް އަދި ޕާރމިޓްގައި ބްރީޑިންގް ލެޓަރ އަދި ސައިޓީސް ސެޓްފިކެޓް ހުށަހަޅަން ބަޔާންކޮށްފައިވާ ބާވަތްތަކަށް، ބްރީޑިންގ ލެޓަރ އަދި ސައިޓީސް ސެޓްފިކެޓް

-          ޝިޕްމަންޓްގެ ޕެކިން ލިސްޓް

-          ޝިޕްމަންޓްގެ އިންވޮއިސް

މި އިންތިޒާމް މިގޮތައް ހަމަޖައްސާފައިމިވަނީ، "ދިވެހި ރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދު" ގެ 6 ވަނަ މާއްދާއާއި 10 ވަނަ މާއްދާ އަދި ޤާނޫނު ނަންބަރު 2011/12 (ގަސްގަހާގެހި ހިމާޔަތްކުރުމުގެ ޤާނޫނު) ގެ 23 ވަނަ މާއްދާއާއި 25 ވަނަ މާއްދާގެ ދަށުންނެވެ. މި އިންތިޒާމަށް އަމަލުކުރަން ފަށާނީ މި އިޢުލާން ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 15 ދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.

މަތީގައި ބަޔާންކޮށްފައިވާ ފަދައިން، ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޔުނިޓަށް ޝިޕްމަންޓް ނޮޓިފިކޭޝަން ނުފޮނުވާ، ފަރާތްތަކުގެ ޝިޕްމަންޓް ބަލާ ފާސްކުރުމުގައި، ދިމާވާ ދަތިތަކަށް މި މިނިސްޓްރީގެ ފަރާތުން ޒިންމާނުވާނެ ކަމުގައި ދަންނަވަމެވެ. ދިވެހިރާއްޖެއަށް ދިރޭ ޖަނަވާރު އަދި ދިރޭގަހާއި ގަހުގެ ބައިތައް އެތެރެކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި ޤާވައިދުތަކާއި ހިލާފަށް އަމަލުކުރާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ކަންވެސް މިފުރުސަތުގައި ދަންނަވަމެވެ.   

19 ޖުމާދަލްއާޚިރާ 1442

 

 

01 ފެބުރުވަރީ 2021
ހޯދާ