ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ)

މިކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު)

ކްލެސިފިކޭޝަން / ރޭންކް:

އެސިސްޓެންޓް އޮފިސަރ - ގްރޭޑް 1

މުސާރަ:

މަހަކު -/4000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/1600

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ) ނުވަތަ ކޯޕަރޭޝަންގެ ޕްރޮޖެކްޓް އޮފީސްތައް.

ފެންވަރު ނުވަތަ ޝަރުތު:

- ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއިން 01 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ،

- ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން މަދުވެގެން 05 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ވަޒީފާ ދިނުމާއި/ ބަދަލުކުރުމާއި/ ވަކި ކުރުމުގެ މަސައްކަތްތައް ކޯޕަރޭޝަންގެ ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކުރުން.

އަލަށް ވަޒީފާއާ ގުޅޭ މުވައްޒަފުންގެ މަޢުލޫމާތު އެޗް.އާރު ސިސްޓަމަށް އެންޓަރކުރުން.

މުވައްޒަފުންގެ މަޢުލޫމާތު ހިމޭނޭ މާސްޓަރ ޝީޓް ތައްޔާރުކޮށް ބެލެހެއްޓުން.

މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް ހަދައި، އަޕްޑޭޓްކޮށް ރައްކާތެރިގޮތެއްގައި އެތަކެތި ބެލެހެއްޓުން.

މުވައްޒަފުންނާ ގުޅޭގޮތުން ޑިވިޜަން، ޑިޕާޓްމަންޓް ނުވަތަ އެހެނިހެން އޮފީސްތަކަށް ފޮނުވަންޖެހޭ ސިޓީ، ނޯޓް، މެމޯ، ޗިޓް އަދި މިނޫންވެސް ލިޔެކިޔުން ތައްޔާރުކުރުން.

ޑިޕާޓްމަންޓުން އެކިތަންތަނަށް ފޮނުވަންޖެހޭ ލިޔުންތައް މެނޭޖަރުގެ ލަފަޔާ އެކީ ކަމާބެހޭ ފަރާތްތަކަށް 3 ދުވަހުގެ ތެރޭގައި ޖަވާބުދާރީވުމާއި އަދި ކޮންމެ ލިޔުމެއްގެ އަސްލު ކޮޕީ ހަމަޖެހިފައިވާ އުސޫލުން ސްކޭންކޮށް ފައިލްކުރުން.

މުވައްޒަފުންގެ މުސާރަ އާއި ގުޅޭ މަސައްކަތްތައް ކުރުން.

ކޯޕަރޭޝަންގެ ބިދޭސީ މުވައްޒަފުންނާއި ގުޅުންހުރި އެޗް.އާރު މަސައްކަތްކުރުން.

ބިދޭސީ މުވައްޒަފުންގެ ވިސާ އަދި ވާރކް ޕާމިޓްއާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

ސުންގަޑި:

- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 08 ފެބްރުވަރީ  2021 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4.  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  6. ދޫކުރިފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް  އެކަންޏެވެ.

- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، ފެބްރުވަރީ މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

19 ޖުމާދަލްއާޚިރާ 1442

01 ފެބްރުވަރީ   2021

01 ފެބުރުވަރީ 2021
ހޯދާ