ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިޔުން

ނަންބަރު: FNK-I/IUL/2021/052

އިޢުލާން

މިކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

  • ފަރުނީޗަރާއި އަދި އެހެނިހެން ބައު ތަކެތި

މިތަކެތީގެ ނީލަން ފެށޭ އަގަކީ 7،000.00 (ހަތް ހާސް) ރުފިޔާ އެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 500.00 (ފަސް ސަތޭކަ) ރުފިޔާ އެވެ.

               ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2 ފެބްރުއަރީ 2021 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިކުންފުންޏަށް ވަޑައިގެން މިތަކެތީގެ މަޢުލޫމާތު ސާފު ކުރުމަށްފަހު، ހުށަހަޅުއްވާ އަގު އަދި އައި.ޑީ.ކާޑުގެ ފޮޓޯކޮޕީއަކާއެކު ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު 3 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުގެ 12:00އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި މިތަކެތި ނީލަން ނިމޭތާ ރަސްމީ 03 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކުމަށްފަހު ތަކެތި ގެންދަވަންވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި  ނެންގެވުމަށް ފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.

މިތަކެއްޗާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ނަންބަރު 3018278 ފޯނާ ގުޅުއްވުން އެދެމެވެ.

31 ޖަނަވަރީ 2021
ހޯދާ