ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :މަސައްކަތު
ބޭނުންވާ އަދަދު :1

މިއިދާރާގެ މިދަންވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް:

މަސައްކަތު

ބޭނުންވާ ޢަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/3000 ރުފިޔާ (ތިންހާސް ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ (އެއްހާސް ރުފިޔާ)

ޙާޒިރީ އެލަވަންސް:

މަހަކު -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ)

މަސައްކަތް ކުރަންޖެހޭތަން:

ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

މުނިސިޕަލް ސަރވިސް ޔުނިޓް

ފެންވަރު ނުވަތަ ޝަރުތު:

 - ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ، އަސާސީ ތަޢުލީމު ފެންވަރުހުރި މީހަކު ކަމުގައިވުން.

- ޢުމުރުން 18 އަހަރުން މަތީގެ މީހެއް ކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ދިޔަމިގިލީ ކައުންސިލުން ކަނޑައަޅާ އުޞޫލާއި އެއްގޮތަށް ދިޔަމިގިލީ ގައި އަލަށްތަރައްޤީކުރާ ފުޓްބޯޅަ ދަނޑާއި އަދި ފުޓްސަލް ދަނޑުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

 

ސުންގަޑި:

މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 2020 ފެބްރުއަރީ 02 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ދިޔަމިގިލީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ވަޒީފާއަށް އެދޭ ސިޓީ  (އިޢުލާން ނަންބަރާއެކު)
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާގެ ލިޔުން.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)

އިންޓަވިއު:

-    އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް  އެކަންޏެވެ.

-    މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

-    މި މަޤާމްތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2021 ފެބްރުއަރީ މަހުގެ ތާރީޚެއް ގައިއެވެ.

ނޯޓް:

މިވަޒީފާ ދެވޭނީ، 1 އަހަރު ދުވަހުގެ މުއްދަތަށެވެ.

 ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯރޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކައުންސިލްގެ 6780004 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                                                            

15 F 1442

28 ޖަނަވަރީ 2021

28 ޖަނަވަރީ 2021
ހޯދާ